އެލިސަން ބެކާގެ މޮޅުކުޅުމާއެކު ލިވަރޕޫލަށް ޕީއެސްޖީ ކައިރިން މުހިންމު މޮޅެއް

މެޗުގެ މޮޅުކުޅުންތެރިޔާ އެލިސަން ބެކާ. ފޮޓޯ: ޔުއޭފާ

06 މާރިޗު 2025 - 04:26
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާ ދެކޮޅަށް ކުޅުނު މެޗުން ލިވަރޕޫލް އެލިސަން ބެކަރގެ މޮޅުކުޅުމާއެކު 0-1 އިން މެޗު ކާމިޔާބުކޮށްފިއެވެ.
މެޗުގެ 90 މިނެޓު ކޮންޓްރޯލްކޮށްގެން ކުޅުނީ ޕީއެސްޖީއިންނެވެ. އެގޮތުން ޕީއެސްޖީ އިން ވަނީ މެޗުގައި 27 ޝޮޓު ހަދާފައެވެ. ކްވަރަޓްސްހެލިއާ، ބްރެޑްލީ ބާކޯލާ އަދި އުސްމާން ޑެމްބެލޭގެ ހުރިހާ ހަމަލާތަކެއް ހުއްޓުވުމުގައި އެލިސަން ވަނީ އިސްދައުރެއް އަދާކޮށްފައެވެ. މި މެޗުގައި އެލިސަން ވަނީ ޗެމްޕިއަންސް ލީގުގެ އެއް މެޗެއްގައި ލިވަރޕޫލްގެ ގޯލްކީޕަރަކު ސޭވްކުރި އެންމެ ގިނަ، (9) ސޭވް ކޮށްފައެވެ. މިއީ ފަހުގެ ތާޜީޚެއްގައި ކީޕަރެއްގެ ފަރާތުން ފެނުނު އެންމެ މޮޅު އެއް މެޗުކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.
މިސީޒަނުގެ އެންމެ މޮޅުއެއް ކުޅުންތެރިޔާ ސަލާޙު އަށް އެދެވޭ ކުޅުމެއް ނުދެއްކުމުން، ބަދަލުގައި މެޗުގެ 87 ވަނަ މިނެޓުގައި ހާވީ އެލިއެޓް ކުޅެން އަރައި މިނެޓެއް ތެރޭގައި އޭނާ ވަނީ ގޯލުޖަހައި ލިވަރޕޫލަށް ލީޑު ނަގައިދީފައެވެ. މިއީ މުޅިމެޗުގައިވެސް ލިވަރޕޫލަށް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ބޯޅައެވެ.
މިއީ ފޯމުގައި އޮތް ޕީއެސްޖީ 23 މެޗަށް ފަހު ފުރަތަމަ ބައްޔެވެ.
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
6 މަސް ކުރިން
"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
6 މަސް ކުރިން