އުޝާމްގެ ނަސޭހަތް އަލީ އަށް: މި ރޯދަ މަހު ފިތުނަ އުފެއްދުމުގެ ބަދަލުގައި ހެޔޮ އަމަލެއް ކުރެވޭތޯ ބަލާ


06 މާރިޗު 2025 - 15:18
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުލަތުން ޖަވާބު ދޭންޖެހޭ މުއްދަތު ހަމަނުވާ ކަމަށާ ޖަވާބުދާރީވުމަށް އެންގެވި މުއްދަތުގެތެރޭގައި ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައިވާނެކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖަވާބުދާރީވެފައި ނުވާކަމަށް ބުނެ އަލީ ހުސައިން ވަނީ ބަންޑާރަނައިބާއި މެދުފިޔަވަޅު އަޅައިދޭން މިއަދު ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
އެކަމާ ގުޅިގެން އުޝާމް ވިދާޅުވީ ތިކުރާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެން ކުރާ ކަންތަކެއް ނަމަވެސް ފާޅުގަ ފެންނަން ހުންނަ ކަންކަމުގަވެސް ތިވަރަށް ދޮގު ހަދައި އޮޅުވާލުމަކީ ތިމާމީހާގެ ނިޔަތް ސާފުވެގެންދާ ކަމެއް ކަމަށެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން ދީފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައިކަމަށެވެ.
އުޝާމް ވިދާޅުވީ އެމުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން ކަމަށާ ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެކަމަށެވެ. މިބަރަކާތްތެރި ރަމަޟާން މަހު ތިޔަފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވާ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
ބަންޑަރަނައިބު އުޝަމް އާއި މެދު ފިޔަވަޅު އަޅައިދިނުމަށް އަލީ ހުށަހެޅުއްވީ ގޮނޑިގެއްލޭ މައްސަލާގައި ކޯޓުން އަންގާފައިވާ މުއްދަތުގައި ދައުލަތުން ޖަވާބުދާރީވެފައިނުވާ ކަމަށް ބުނެ އެވެ.
ދައުވާއަށް ޖަވާބުދާރީވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ސުޕްރީމް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރު ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށަހަޅާފައިނުވާ ކަމަށާއި އަދި އެ މުއްދަތު އިތުރުކުރަން ވެސް ހުށަހަޅާފައިނުވާ ކަމަށް އަލީ ވަނީ ބުނެފަ އެވެ. ގޮނޑި ގެއްލޭ އިސްލާހާ ގުޅިގެން އެކަމަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާއާއި، އަށް ވަނަ މާއްދާ އާއި، 26، 75 އަދި 90 ވަނަ މާއްދާއާ ޚިލާފަށް އަދި މުޅި ގާނޫނު އަސާސީގެ އޮނިގަނޑާ ޚިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމުގައި ވިދާޅުވެ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު ޢަލީ ޙުސައިން އެވެ.
އިތުރު ލިޔުންތައް

ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ބައެެއް ގާނޫނުތަކަށް އިސްލާހް ގެންނަން ނިމްމަައިފި
8 މަސް ކުރިން
ފަލަސްތީނުގެ ޙައްގުގައި އައިސީޖޭގައި ކުރިއަށްދާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެއްޖެ
7 މަސް ކުރިން