logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭ އެކިސަރަހައްދުތަކުން ގަސް ކަނޑާތީ ނަޝީދު ކޯފާވެ ސިޓީކައުންސިލަށް ދައުވާ ކުރަން ގޮވާލައްވައިފި

ހުސައިން ވަސީމް
6 މާރިޗު 2025 - 19:24
މާލޭ އެކިސަރަހައްދުތަކުން ގަސް ކަނޑާތީ ނަޝީދު ކޯފާވެ ސިޓީކައުންސިލަށް ދައުވާ ކުރަން ގޮވާލައްވައިފި

މާލެ މަގުތަކުގައި ހުރި ގަސްތައް ކަނޑާތީ މާލެ ސިޓީ ކައުންސިލަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގެ މަގެއްގައި ހުރި ގަސްތަކެއް ކަނޑާލާފައިވާ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް މާލެ ސިޓީ ކައުންސިލުން ހިތުހުރި ގޮތަކަށް ކަނޑާ ހެދުމަކީ ގާނޫނާއި ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކަމުގައި މާލެ ސިޓީ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލާން ޖެހޭ ކަަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

 

 

މީގެ ކުރިން މާލެ އަމީނީމަގުގައި ތާރު އެޅުމަށް އެމަގުގައި ހުރި ގަސްތައް ކެނޑުމުންވެސް ނަޝީދު ކަނބޮޑުވުން ފާޅުކުރެއްވި އެވެ.

މާލެއާއި ވިލިމާލޭގައި ހުންނަ ގަސްތައް މާލެ ސިޓި ކައުންސިލުން ކަނޑަމުންގެންދެއެވެ. އެކަމާ އާންމުން ކަނބޮޑުވުން ފަޅުކުރުމް ސިޓީ ކައުންސިލުން ބުނެފައިވަނީ ގަސްތައް ކަނޑަނީ އާންމު އުނދަގުލަކަށްވެ އަންމުންގެ ޝަކުވާ ލިބޭތީ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު ކުރަށްވައިފިޚަބަރު | މަހެއް ކުރިންއެއްވެސް ނޫސްވެރިއަކު ހައްޔަރެއް ނުކުރޭ، ދުރަށް ޖެއްސީ ނަސޭހަތް ދިނުމަށްފަހު: ވަޒީރު އިޙްސާންޚަބަރު | 2 މަސް ކުރިންނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | 4 މަސް ކުރިން ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅެން ނިންމައިފި ޚަބަރު | 4 މަސް ކުރިން