logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

އެއްވެސް ނޫސްވެރިއަކު ހައްޔަރެއް ނުކުރޭ، ދުރަށް ޖެއްސީ ނަސޭހަތް ދިނުމަށްފަހު: ވަޒީރު އިޙްސާން

ޢައްފާން މުޙައްމަދު
28 އޯގަސްޓު 2025 - 05:22
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން --
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން --

މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެމްބަރު، ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އަނބުރާ ގެއްދިއުމަށް ގޮވައިލައި ނޫސްވެރިންތަކެއް ކުރި އިހުތިޖާޖުގެ ތެރެއިން އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައިނުވާކަން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ،  އެ އިހްތިޖާޖުގެ ތެރެއިން ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަަމަށް ވިދާޅުވެ އެ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ބިލު ތަސްދީގުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ގޮވައިލައްވާފައެވެ. އަދި އިއްޔެގެ އިހްތިޖާޖުން ހައްޔަރުކުރި ނޫސްވެރިން މިނިވަންކުރުމަށް ގޮވައިލާކަމަށް ވެސް އެ ޕޯސްޓުގައި ނަޝީދު ވިދާޅުވެފައިވެއެވެ.

މި ޕޯސްޓާ ގުޅިގެން ވަޒީރު އިހްސާން ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި ވަޒީރު، ނޫސްވެރިން އިހްތިޖާޖުކޮށްފައި ވަނީ ގްރީން ޒޯން ނުވަތަ މުޒާހަރާއާއި އެއްވުންތައް ނުބޭއްވޭ ސަރަހައްދެއްގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން، ނުސްވެރިން މުޒާހަރާކޮށްފައިވަނީ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކުރިމަތީގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ކަނޑައެޅިގެން ޤާނޫނާ ޚިލާފުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކަން މިހެން އޮތުމާއެކު، ތަކުރާރުކޮށް ނަސޭހަތްދިނުމަށްފަހުގައި ވެސް ނޫސްވެރިން އެ ސަރަހައްދުން ދުރަށް ނުދިއުމުން، ފުލުހުން، އެ ނޫސްވެރިން އެ ސަރަހައްދުން ބޭރަށް ނެރުނު ނަމަވެސް، އެއްވެސް ނޫސްވެރިއަކު ހައްޔަރު ނުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކަށް ވެސް، ހާއްސަގޮތެއްގައި ރައީސް ނަޝީދު ފަދަ ގިނަބަޔަކު ބަލައިގަންނަ ބޭފުޅުނުން، މިފަދަ ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ނޫސްވެރިންގެ އިހްތިޖާޖުގެ ތެރެއިން އެއްވެސް ނޫސްވެރިއަކު ހައްޔަރުނުކުރާކަން ވަޒީރު ކަށަވަރުކޮށްދެއްވިއިރު،  ދިވެހި ފުލުހުންގެ ޚިދުތުން ނެރުނު ބަޔާނުގައިވެސް ވިދާޅުވީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންޑުން ޖަހާލި ބޯއްޓުން ގެއްލުނު އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެޚަބަރު | 6 ގަޑިއިރު ކުރިންމުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެޚަބަރު | 7 ގަޑިއިރު ކުރިންކުށުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކެންދޫގަޚަބަރު | 3 ދުވަސް ކުރިންފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރާ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިން