logo
Bank of Maldives

Bank of Maldives

ދުނިޔެ

މަސްޖިދުލްއަޤްޞާގައި ހުކުރު ނަމާދު ކުރުމަށް ޔަހޫދީން ހުރަސް އަޅަނީ

އާމިނަތު ޝަފާ
7 މާރިޗު 2025 - 07:25
މަސްޖިދުލްއަޤްޞާގައި ހުކުރު ނަމާދު ކުރުމަށް ޔަހޫދީން ހުރަސް އަޅަނީ

ބަރަކާތްތެރި ރަމަޟާން މަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ހުކުރު ނަމާދު ކުރެވޭނެ މީހުންގެ އަދަދު ޔަހޫދީން ކޮންޓުރޯލު ކުރަން ފަށައިފިއެވެ.

ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު އަލްއަޤްޞާ މިސްކިތަށް ހުޅަނގުއައްސޭރިން ޒިޔާރަތްކުރާ މުސްލިމުންގެ އަދަދު މަދުކުރުމަށް ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


މި ގޮތުން، މި އަހަރުގެ ރަމަޟާން މަހު އަޤްޞާގައި ނަމާދު ކުރުމުގެ ފުރުޞަތު ދޭނީ ތިން އުމުރުފުރައެއްގެ މީހުންނަށް ކަން ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެއީ، 55 އަހަރުން މަތީގެ ފިރިހެނުންނާއި، 50 އަހަރުން މަތީގެ އަންހެނުންނެވެ. އަދި، އެ މީހުންނާ އެކު މިސްކިތަށް ދާ 12 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
މި މުސްލިމުންނަށްވެސް ވަދެވެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓްތަކުން ބަލާ ފާސްކުރުމަށްފަހުއެވެ.

އަޤްޞާގައި ކުރާ ހުކުރު ނަމާދުގައި ބައިވެރިވުމުގެ ފުރުޞަތަށް އަނިޔާވެރި ނަތަންޔާހޫގެ އޮފީހުން ހުރަސް އަޅަން ނިންމާފައި މި ވަނީ، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ގިނަ އަދަދެއްގެ ޔަހޫދީން އަޤްޞާ މިސްކިތް ހުންނަ އަލް-ޙަރަމުއްޝަރީފަށް ވަންނަމުންދާ ދަނޑިވަޅެއްގައެވެ. 

ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ.

ޔަހޫދީން ދަނީ ދޭތެރެ ދޭތެރެއިން މިސްކިތް ތެރޭގައިވެސް ލޭ އޮހޮރުވުންތައް ހިންގަމުންނެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޤްޞާ މިސްކިތް ބަންދުކޮށްފައިހުރުމުން ޢީދު ނަމާދު ނުކުރެވުނު!ދުނިޔެ | 2 ގަޑިއިރު ކުރިންމަސްޖިދުލްއަޤްޞާގައި ހުކުރު ނަމާދު ކުރުމަށް ޔަހޫދީން ހުރަސް އަޅަނީދުނިޔެ | އަހަރެއް ކުރިން