logo
E-Platinum
ކުޅިވަރު

ސުނިލް ޗެތުރީ އަނބުރާ ޤައުމީ ޓީމަށް

އަބްދުﷲ ޣާނިމް
7 މާރިޗު 2025 - 12:02
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ

އިންޑިއާގެ އެންމެ މަޝްހޫރު ފޯވާޑް ސުނިލް ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރުން ނިމުމަކަށް ގެނެސް، އަލުން ގައުމީ ޖާޒީ ލާން އެއްބަސްވެއްޖެއެވެ. މިއާއެކު މި މަހުގެ 19 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާ ބައިވެރިވާނެއެވެ.

އުމުރުން 40 އަހަރުގެ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ ޖޫން މަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކުވޭތާ ދެކޮޅަށް ކުޅުމަށްފަހުގައެވެ. އިންޑިއާގެ ގައުމީ ޓީމަށް 94 ލަނޑު ޖަހައިދީފައިވާ ޗެތުރީއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން ދުނިޔޭގެ ލަނޑު ލިސްޓުގެ ހަތަރު ވަނައިގައިވާ ކުޅުންތެރިޔާއެވެ.

"އަހަރެން ކުޅުން ހުއްޓާލީ ޖިސްމާނީ ގޮތުން ދެރަވަރު ވެގެނެއްނޫން. އަހަރެން މިހާރުވެސް ވަރަށް ފިޓް، ބަރާބަރަށް ދުވެވޭ، ޗޭސް ކޮށްލެވޭ، ޑިފެންސް ވެސް ކުރެވޭ. އަހަރެން ނިންމީ ގައުމީ ޓީމަށް އެހީތެރިވެދޭން އެމީހުން ބޭނުންވީމާ،" ޗެތުރީ ބުންޏެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ޗެތުރީ ދަނީ މި ސީޒަނުގައި ވެސް އޭނާގެ ކުލަބު ބެންގަލޫރު އެފްސީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާއަކީ އިންޑިއަން ސުޕަ ލީގުގައި މި ސީޒަނުގައި މިހާތަނަށް 12 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ.

އިންޑިއާގެ ގައުމީ ކޯޗު ބުނެފައިވަނީ ޗެތުރީ އަލުން ގައުމީ ޓީމަށް އައުމަށް އެދުނީ އޭނާ ފަދަ އެހެން ފޯވަޑަކު އިންޑިއާގައި ނެތުމުންނާއި ތަޖުރިބާކާރު ކުޅުންތެރިއެއްގެ ބޭނުން ޓީމަށް ޖެހިފައިވާތީ ކަމަށެވެ. ނަމަވެސް ކޯޗު އަދި ނުވެއެވެ ފުރަތަމަ އެގާރައިގައި ކުޅުވާނީތޯ ނުވަތަ ބެންޗުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުވާނީތޯ ނިންމާފައެއް ނުވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށްޚަބަރު | 10 ދުވަސް ކުރިންދިވެހި ފުޓުބޯޅައިގެ ހައްގު މަގާމު އަލުން ހޯދައިދޭން ކުރާ މަސައްކަތް ދަނީ ކާމިޔާބާ ދިމާއަށް: ރައީސް ޚަބަރު | 2 މަސް ކުރިންބޯޅަ މައްޗަށް އެރުން ބްރެޒިލްގައި މަނާކޮށްފިކުޅިވަރު | 3 މަސް ކުރިންދިރިހުރި ކުޅުންތެރިއެއް މަރުވިކަމަށްބަލައި އެކަންފާހަގަކުރުމަށްފަހު މާފަށްއެދެފިކުޅިވަރު | 4 މަސް ކުރިން