ޕީއެންސީގެ ސިލްސިލާ އިހްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ


07 މާރިޗު 2025 - 12:44
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމް އޮންނާނީ މިރޭ 21:00 ގައި ޕީއެންސީގެ މައި ހަރުގޭ، ކޮންގްރެސް ހައުސްގައެވެ.
ޕީއެންސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ފޯރަމްގެ މައުލޫއަކީ "ރަމަޟާން މަހާއި ކީރިތި ޤުރްއާން" އެވެ. އަދި މި ފޯރަމް ހުށަހަޅުއްވައިދެއްވަން ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.
ޕީއެންސީން މި ފޯރަމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ދަޢުވަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ޕީއެންސީން ރަމަޟާން މަހު ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް ކަމަށްވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވެސް މި ރޯދަމަހު އިހްޔާ ފޯރަމްތައް ބާއްވަމުންދާކަން ފާހަގަކުރެވެއެވެ.
މި ފަދަ ފޯރަމްތަކުގެ މަޤްޞަދަކީ ރަމަޟާން މަހުގެ މާތްކަމާއި، އިސްލާމްދީނުގެ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރުމެވެ. އަދި މިފަދަ ފޯރަމްތަކުން ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، ރަމަޟާން މަހުގެ ބަރަކާތްތައް އިތުރަށް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
7 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
7 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
7 މަސް ކުރިން