logo
Bank of Maldives

Bank of Maldives

ޚަބަރު

މަހާޒާއި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ހުސައިން ވަސީމް
7 މާރިޗު 2025 - 17:26
މަހާޒާއި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ސުޕްރީމް ކޯޓުން ސަސްޕެންޑު ކޮށްފައިވާ އެކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު އާދީއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފި އެވެ.

ފަނޑީޔާރުންނާ ގުޅޭ ޖިނާއީ މައްސަލތަކެއް ޖޭއެސްސީންވެސް ވަނީ ބަލަން ފަށާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޭއެސްސީން ބަލަމުން އަންނަ މައްސަލާގައި ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ އާދީއްތަ ދުވަހު ޖޭއެސްސީއަށް ހާޒިރުވުމާސް ވަނީ އަންގާފަ އެވެ.

އަޒްމިރަލްދާ ހާޒިރުވާން އެންގަފައިވަނީ އާދީއްތަ ދުވަހު ހެނދުނު 11 ޖަހާއިރު އެވެ. އަދި މަހާޒު ހާޒިރުވާން އަންގާފައި ވަނީ އާދިއްތަ ދުވަހު މެންދުރުފަހު 1:00 އަށެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެން އުޅުމުން އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމަށްވާ އަލްއުސްތާޛު ޙުސްނުއްސުޢޫދުއާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ފަނޑިޔާރުން ސަސްޕެންޑުކޮށްފަ އެވެ. ސަސްޕެންޑު ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާވެސް ދެއްވާފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑުކޮށް ފަނޑިޔާރުންނާއި ގުޅޭ މައްސަލތަކެއް ބަލަމުން އަންނަ އިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުވެސް ވަނީ ފާސްކޮށްފަ އެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 13 ދުވަސް ކުރިންކައި އެންމެފަހުން ބައްޕަ ގޮވައިގެން ސުޕްރީމް ކޯޓަށްޚަބަރު | 14 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 15 ދުވަސް ކުރިންސުލޫކީ މައްސަލަތައް ބެލުމުގައި ސަމާލުކަން ދެނީ ހުށަހަޅާ ހެކީގެ މައްޗަށް: ޖޭއެސްސީޚަބަރު | މަހެއް ކުރިން