logo
MPL

MPL

ޚަބަރު

ގދ.ގަމުގައި އިންވެސްޓް ކުރުމަށް ހުޅުވާލައި

ހުސައިން ވަސީމް
8 މާރިޗު 2025 - 10:32
ގދ.ގަމުގައި އިންވެސްޓް ކުރުމަށް ހުޅުވާލައި

ގދ. ގައްދޫގެ އިހުތިސޯސްގެ ތެރޭގައި މިހާރު ހިމަނާފައިވާ އެ އަތޮޅު ގަމުގައި އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

ގައްދޫ ކައުންސިލުން ބުނީ ގައްދޫގެ ބިނާވެށި ޕްލޭންގައި، ގައްދޫގެ އިޚްތިޞާޞްގެ  ގޮތުގައި ހިމެނިފައިވާ ގދ.ގަމުގައި ފަސް ދާއިރާއަކުން އިންވެސްޓު ކުރުމަށް ރާއްޖެއާއި ރާޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝޯޓްލިސްޓު ކުރެވޭނީ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާ ފަރާތްތައްކަމަށާ އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އިންވެސްޓްމަންޓަށް ހުޅުވާލާފައިވާ ދާއިރާ ތަކަކީ

  1. ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން
  2. ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން
  3. މަސްވެރިކަމާއި ގުޅުންހުރި ކަންކަން
  4. ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންގ އާއި ގުޅުންހުރި ކަންކަން
  5. ރިސާޗިންގް އާއި ގުޅުންހުރި ކަންކަން

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެޕްރީލް 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ގައްދޫ ކައުންސިލުން ވިޔަފާރި އުސޫލުން ގަން ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަމިއްލަ ބަޔަކު އެމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް އެމައްސަލަ ހުށަހެޅުމުން އެކޮމިޝަނުން ވަނީ އެކަން ހުއްޓުވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގދ.ގަމުގައި އިންވެސްޓް ކުރުމަށް ކުރި އިއުލާން ބާތިލް ކުރަން އަންގައިފިޚަބަރު | އަހަރެއް ކުރިންގދ.ގަމުގައި އިންވެސްޓް ކުރުމަށް ހުޅުވާލައިޚަބަރު | އަހަރެއް ކުރިން