logo
MPL

MPL

ޚަބަރު

ގދ.ގަމުގައި އިންވެސްޓް ކުރުމަށް ކުރި އިއުލާން ބާތިލް ކުރަން އަންގައިފި

ހުސައިން ވަސީމް
9 މާރިޗު 2025 - 15:31
ގދ.ގަމުގައި އިންވެސްޓް ކުރުމަށް ކުރި އިއުލާން ބާތިލް ކުރަން އަންގައިފި

ގދ. ގައްދޫގެ އިހުތިސޯސްގެ ތެރޭގައި މިހާރު ހިމަނާފައިވާ އެ އަތޮޅު ގަމުގައި އިންވެސްޓްމަންޓްތައް ހިންގުމަށް ކުރި އިއުލާނު ބާތިލުކުރަން ސަރުކާރުން އަންގައިފި އެވެ.

ގދ ގަމުގައި އިންވެސްޓުކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލީ އިއްޔެ އެވެ. ގައްދޫ ކައުންސިލުން އިއުލާން ކުރިފަހުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އެއިއުލާން ބާތިލް ކުރުމަށް ގައްދޫ ކައުންސިލަށް އަންގާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އިއުލާން ބާތިލްކުރަން މިނިސްޓްރީން އެންގީ ގަމަކީ އެގްރޯނެޓަށް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ.

ގައްދޫ ކައުންސިލުން ވެސް ވަނީ މިނިސްޓްރީ އަށް ސިޓީ އެއް ފޮނުވާފަ އެވެ. ގައްދޫ ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެ ކައުންސިލުން އެކުލަވާލި އަދި ހައުސިން މިނިސްޓްރީން ފާސްކޮށްފައިވާ ބިނާވެށި ޕްލޭނުގެ ދަށުން ގައްދޫގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށެވެ. އަދި ގަމާއި ގުޅޭގޮތުން އެގްރޯނެޓާއެކު އެއްވެސް މުއާމަލާތެއް ނުކުރުމަށް ކައުންސިލުން ވަނީ ވުޒާރާއަށް އަންގާފަ އެވެ.

މީގެ ކުރިންވެސް ގައްދޫ ކައުންސިލުން ވިޔަފާރި އުސޫލުން ގަން ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަމިއްލަ ބަޔަކު އެމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް އެމައްސަލަ ހުށަހެޅުމުން އެކޮމިޝަނުން ވަނީ އެކަން ހުއްޓުވާފަ އެވެ.

ގައްދޫ ކައުންސިލުން އިއްޔެ ކުރި އިއުލާންގައި ބުނެފައި ވަނީ ގައްދޫގެ ބިނާވެށި ޕްލޭންގައި، ގައްދޫގެ އިޚްތިޞާޞްގެ ގޮތުގައި ހިމެނިފައިވާ ގދ.ގަމުގައި ފަސް ދާއިރާއަކުން އިންވެސްޓު ކުރުމަށް ރާއްޖެއާއި ރާޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝޯޓްލިސްޓު ކުރެވޭނީ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާ ފަރާތްތައްކަމަށާ އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އިންވެސްޓްމަންޓަށް ހުޅުވާލާފައިވާ ދާއިރާ ތަކަކީ

  • ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން
  • ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން
  • މަސްވެރިކަމާއި ގުޅުންހުރި ކަންކަން
  • ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންގ އާއި ގުޅުންހުރި ކަންކަން
  • ރިސާޗިންގް އާއި ގުޅުންހުރި ކަންކަން

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފިޚަބަރު | 2 ގަޑިއިރު ކުރިންއޮޅުހިޔާ ކްލިނިކަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދަނީޚަބަރު | އަހަރެއް ކުރިންމާލެއިން ބުޅާ ގެއްލޭ މައްސަލަ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި ޚަބަރު | އަހަރެއް ކުރިން"ގާލްސް" ތަމްރީންތައް 2 ރަށެއްގައި ކުރިޔަށް، އިތުރު ރަށްތަކުގައި ފެށުމަށް ތައްޔާރުވަނީޚަބަރު | އަހަރެއް ކުރިން