މާލެއިން ބުޅާ ގެއްލޭ މައްސަލަ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި
26 ޖޫން 2025 - 12:00

މާލެއިން މިދިޔަ ދެ ތިން މަހުގެ ތެރޭގައި ބުޅާ ގެއްލޭ މައްސަލަ އިތުރު ވުމުގެ ސަބަބުން އެ މައްސަލަތައް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މެންދުރަށް ބުނީ ގިނަ އަދަެއްގެ އާއްމުންނާއި އެންޖީއޯތަކުންވެސް މާލެއިން ބުޅާ ގެއްލޭ މައްސަލަ ވުޒާރާގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. އެއާއެކު ސަބަބު ދެނެގަނެ ތަހުގީގުކުރުމަށް މި ހަފްތާގެ ތެރޭގައި ފުލުހަށް މައްސަލަ ހުށަހަޅާފައިވާނެކަމަށް ވުޒާރައިން މައުލޫމާތު ދިނެވެ.

Ad by Hajj Corporation
ފީލައިން ވެލްފެއާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނާގޮތުން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ވެރިކަން ކުރާ މާލޭގެ މަގުމަތީގައި ދިރިއުޅޭ 300 އެއްހާ ބުޅާ ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
މާލޭގެ ގިނަ ސަރަހައްދު ކުރިއާ ބަލާއިރު ބުޅާތައް ވަނީ ވަރަށް ބޮޑު ތަނުން މަދު ވެފައެވެ. ބުޅާ ގެއްލޭ ސަބަބު އެއްގޮތަކަށް ވެސް ދެނެގަނެވިފައިނުވާ ކަން ފީލައިން ވެލްފެއާއިންވެސް ހާމަކުރިއިރު ބައެއް ފަރާތްތަކުން ބުނަނީ ބުޅާތައް ބަޔަކު މަރަނީކަމަށެވެ.
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮޅު ހިޔާގެ ނަމުގައި ބުޅަލަށް ހާއްސަ ފެސިލިޓީއެއްވެސް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.

-01.jpg&w=3840&q=75)
