އޮޅުހިޔާ ކްލިނިކަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދަނީ
8 އޯގަސްޓު 2025 - 04:53
.webp&w=1920&q=75)
ހުޅުމާލޭ ފޭސް ދޭގައި ހިންގަމުންދާ އޮޅުހިޔާ ކްލިނިކަށް ބޭނުންވާ މެޑިކަލް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
މިނިސްޓްރިން ކުރި އިއުލާނުގައި ބުނެފައިވަނީ އޮޅުހިޔާ ކްލިނިކަށް ބޭނުންވާ މެޑީކަލް ސާމާނު ހޯދުމާއި ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 11 އޮގަސްޓް ވާ ހޯމަ ދުވަހުގެ 13:00 ގައި ވެލާނާގޭ 7 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް ވާ ހޯމަ ދުވަހުގެ 11:300 އަށެވެ.

Ad by Hajj Corporation
އޮޅުހިޔާއަށް ހޯދަން ބޭނުންވާ މެޑިކަލް ސާމާނުގެ ތެރޭގައި އަސާސީ ރައްކާތެރިކަމުގެ ސާމާނު، ސަރޖިކަލް އިކުއިޕްމަންޓް، ބުޅާ ގެންގުޅުމަށް ބޭނުންވާ ސާމާނު އަދި އައިޑެންޓިފިކޭޝަން ސިސްޓަމްތައް ހިމެނެއެވެ. މީގެ ތެރޭގައި ސަރޖިކަލް ގައުން، މާސްކް، އެކި ސައިޒުގެ ނައިޓްރައިލް އަންގި، ތަރމޯމީޓަރު، ބުޅާ އުފުލާ ކެރިއަރ އަދި އެހެނިހެން މުހިންމު މެޑިކަލް ސާމާނު ހިމެނެއެވެ.
މިނިސްޓްރީން ބުނީ މި އިއުލާނާ ގުޅިގެން ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ރަސްމީ ބަންދު ނޫން 7 ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަތުން އޮންނާނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:30 ގައެވެ.
އޮޅުހިޔާ ފެސިލިޓީ އަށް މެޑިކަލް ސާމާނު ހޯދަން މިނިސްޓްރީން އިއުލާނުކޮށްފައިވާ އިރު، އެތަނުގައި ކަރަންޓީން ޖާގައާއި، ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތެވެ. އަދި ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހެ އިރު އެތަނުގެ ޖާގަ އެކި ފަހަރުމަތިން އިތުރު ކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

-01.jpg&w=3840&q=75)
