logoEN
ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ 9 މީހުން ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

09 މާރިޗު 2025 - 01:39

މިދިޔަ ބުދަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެއަށް އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިއާ ސަރުކާރުން އަތުލައިގަތްކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ކޯސްޓުގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާގެ ޓުޓިކޮރިން ބަނދަރުން މާލެއަށް މަސްތުވާތަކެތި އުފުލާކަމުގެ މަޢުލޫމާތު ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސަށް ލިބުމާ ގުޅިގެން، އެކަން ހުއްޓުވުމަށް އެ ގައުމުގެ ކޯސްޓުގާޑުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވެއެވެ.

މި އޮޕަރޭޝަންގެ ދަށުން، މިދިޔަ ބުދަ ދުވަހު އިންޑިއާގެ ކޯސްޓު ގާޑުގެ ދެ އުޅަނދަކުން، މަސްތުވާތަކެތި އުފުލި ބޯޓު ހިފަހައްޓާފައިވަނީ ގަލްފް އޮފް މަންނާ ކިޔާ ސަރަހައްދުންނެވެ. މިއީ އިންޑިއާގެ ޓަމިލްނާޑު އާއި ސްރީލަންކާއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދެކެވެ.

މަސްތުވާތަކެތި އުފުލި އުޅަނދު ހިފެހެއްޓުމާއެކު، އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދިއުމަށްޓަކައި އެ އުޅަނދު ވަނީ ޓުޓިކޮރިންގެ ބަނދަރަށް ގެންގޮސްފައެވެ. އަދި މި އުޅަނދުގައި ތިބި 9 މީހުން އިއްޔެ ވަނީ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސާ ހަވާލުކޮށްފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އުޅަނދުން 30 ކިލޯގެ ހަޝިޝް އޮއިލް ވަނީ ފެނިފައެވެ.

ކޮމެންޓް

871x217_placeholder