logo
Bank of Maldives

Bank of Maldives

ޚަބަރު

ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
9 މާރިޗު 2025 - 02:07
ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ނޫސްވެރިޔާ ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް

ބޭރު ޤައުމުތަކުގެ މީހުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހަމަޖައްސައިފިއެވެ.

މި މަޤާމަށް ފަބްރީޒިއޯ ހަމަޖެއްސުމާ ގުޅިގެން، ރާއްޖެއަކީ ވަރަށް ރީތި ތަނެއްކަމަށާއި، ބިޒީ ޝެޑިއުލްއިން މީހާއަށް ހަމަޖެހުން ލިބޭނެ މަންޒިލެއްކަމަށް އޭނާ ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަބްރީޒިއޯ އިތުރަށް ފާހަގަކޮށްފައިވަނީ ރާއްޖޭގައި ތަޖުރިބާކުރަން އޮތީ ހަމައެކަނި މޫދާއި ގޮނޑުދޮށްތައް ނޫންކަމަށާއި، ރާއްޖެއަކީ އެއަށްވުރެ ގިނަ ކަންތައްތައް ތަޖުރިބާ ކޮށްލެވޭނެ މަންޒިލެއްކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޭނާ ހުރީ ކެތްމަދުވެފައިކަމަށްވެސް ބުނެފައިވެއެވެ.

 

 

ފަބްރީޒިއޯއަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ނޫސްވެރިއެކެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗުއްޓީއަކަށް ރާއްޖެ އައިސް، ދިވެހި ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި އޭނާވަނީ ރާއްޖެއަކީ ވަރަށް ލޯބިވާ ގައުމެއް ކަމަށާއި ރާއްޖޭގައި ހޭދަކުރާ ވަގުތު އަބަދުވެސް ޚާއްސަ ކަމަށް ބުނެފައެވެ.

2022 ވަނަ އަހަރު ގްލޯބް ސޮކާ އެވޯޑްސްގައި 'ބެސްޓް ފުޓްބޯލް ޖާނަލިސްޓް'ގެ އެވޯޑް ހާސިލުކޮށްފައިވާ ފަބްރީޒިއޯއަކީ ޓްރާންސްފާ މާކެޓުގެ ޚަބަރުތައް ފަދަ މައުލޫމާތު ހިއްސާކުރާ އެންމެ އިތުބާރުހިފޭ ނޫސްވެރިންގެ ތެރެއިން އެކަކު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ްގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 105 އިންސައްތަ އިތުރުވެއްޖެޚަބަރު | 9 ދުވަސް ކުރިންތާރީހީ ވަގުތުކޮޅެއް: ލިވަޕޫލްއާއި މެންޗެސްޓަރ ބައްދަލުކުރި މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކޮށްފިޚަބަރު | 15 ދުވަސް ކުރިންލިވަޕޫލްއާއި މެންޗެސްޓަރ މިރޭ ބައްދަލުކުރާ މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކުރަނީ ވިޔަފާރި | 15 ދުވަސް ކުރިންރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާވޭ، ވަރަށް އަވަހަށް ރާއްޖެ ދާނަން: ކެޓްރީނާޚަބަރު | 23 ދުވަސް ކުރިން