logo
Bank of Maldives

Bank of Maldives

ވިޔަފާރި

ލިވަޕޫލްއާއި މެންޗެސްޓަރ މިރޭ ބައްދަލުކުރާ މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކުރަނީ

އާމިނަތު ޝަފާ
19 އޮކްޓޯބަރު 2025 - 12:43
ލިވަޕޫލްއާއި މެންޗެސްޓަރ މިރޭ ބައްދަލުކުރާ މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކުރަނީ

ލިވަޕޫލް އެފްސީއާއި މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސިވިލާތުގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކުރަން ތައްޔާޜުވެފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފިއެވެ.

މި މެޗު ފަށާނީ އިނގިރޭސިވިލާތުގެ ގަޑިން ހަވީރު 4:30 ގައި ، މާލޭ ގަޑިން ރޭގަނޑު 8:30 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިޒިޓް މޯލްޑިވްސްއިން ބުނީ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެންފީލްޑް ސްޓޭޑިއަމްގެ އެލް.އީ.ޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުން ތަފާތު 10 ބަހަކުން ފެނިގެންދާނެކަމަށެވެ. މީގެތެރޭގައި އިނގިރޭސި، ޢަރަބި، ޖަޕާން، ޗައިނާ، ފަރަންސޭސި، ޖަރުމަނު، ރަޝިޔާ، އިޓަލީ، ކޮރެއާ އަދި ދިވެހި ބަސް ހިމެނެއެވެ.

ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު ޕްލެޓްފޯމަކުން "މޯލްޑިވްސް" މި ނަން ދިވެހި ބަހުން ފެނިގެންދިއުމަކީ ދިވެހި ޤައުމަށް ލިބިގެންދާނެ ފަޚުރެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މިރޭގެ މެޗަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަލާނެ މެޗަކަށްވާއިރު މިފަދަ މަގުބޫލު މަންައެއްގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ސަބަބުން ރާއްޖޭގެ ބްރޭންޑްގެ މަގުބޫލުކަން އިތުރުކޮށް ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދުކުރެވޭކަމަށްވެސް ވިޒިޓް މޯލްޑިވްސް ބުނެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިވަގުތު އެންމެ މަތީގައި އޮތް ލިވަރޕޫލް އެފްސީ އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރިކުރީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން ވިޒިޓް މޯލްޑިވްސް ވެގެންދާނީ ކްލަބުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަށެވެ. އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ފާހަގަކޮށް، ރާއްޖޭގެ ތަރިކައާއި، ރީތިކަމާއި އަދި އެކި ހަރަކާތްތައް ދުނިޔެއަށް ޕްރޮމޯޓްކުރުމެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން މިހާރުވެސް ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ އިތުރު މަޝްހޫރުކަމެއް ލިބެމުންދާކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ.

މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިޔަނަށްވުރެ މައްޗަށް އަރައި ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލްއާއި މެންޗެސްޓަރ މިރޭ ބައްދަލުކުރާ މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކުރަނީ ވިޔަފާރި | 8 ގަޑިއިރު ކުރިންރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާވޭ، ވަރަށް އަވަހަށް ރާއްޖެ ދާނަން: ކެޓްރީނާޚަބަރު | 9 ދުވަސް ކުރިންއެމްއެމްޕީއާރުސީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރައްވައިފިޚަބަރު | 3 މަސް ކުރިންވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ޚަބަރު | 3 މަސް ކުރިން