logo
Bank of Maldives

Bank of Maldives

ޚަބަރު

ވިޒިޓް މޯލްޑިވްސްއިން ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީ ކުޑަކޮށްފި

އައިޝަތު ނަޝާ
5 ޖެނުއަރީ 2026 - 05:45
ވިޒިޓް މޯލްޑިވްސްއިން ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީ ކުޑަކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މެމްބަރޝިޕް ފީ ކުޑަކޮށްފިއެވެ.

މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަހިކޮށްދޭ ފުރުޞަތުތަކެއް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިއަހަރު ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރި ވެވޭނެ ފަދަ އަގުހެޔޮ މެންބަރޝިޕް ފުރުޞަތުތަކެއް ތަޢާރަފްކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގެ މާކެޓިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އަދި މި ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި ބޮޑެތި ވިޔަފާރިތަކުންވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދެވޭކަން ޔަޤީން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މެންބަރޝިޕް ފީގެ އިތުރުން ރޯޑު ޝޯވތަކާއި، ފަތުރުވެރިކަމުގެ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނާގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުޞަތު ދިނުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. އޭގެތެރެއިން ޑިޖިޓަލް ޝޯވ ކޭސް ރެޕްރެޒެންޓޭޓް ކޮށްދިނުމާއި، ވިޔަފާރިތައް ފުޅާކޮށް މާކެޓު ކުރުމަށް އެކި ފުރުޞަތުތައް ފަހިކޮށްދީ، ބައިނަލްއަޤުވާމީ މާކެޓުގައި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރު ކުރުމަށް ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޒިޓް މޯލްޑިވްސްއިން ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީ ކުޑަކޮށްފިޚަބަރު | ދުވަހެއް ކުރިން ފަތުރުވެރިން ކުރި ހޭދަ ރެކޯޑު އަދަދަކަށް އިތުރުވެ، 5.4 ބިލިއަން އެމެރިކާ ޑޮލަރަށް ވިޔަފާރި | 5 ދުވަސް ކުރިންމޯލްޑިވްސްގެ ބްރޭންޑް ފެނިލުން އިތުރުކުރުމަށް ލަންޑަނުގައި ޓެކްސީ ކެމްޕޭނެއް ފަށައިފިޚަބަރު | 2 މަސް ކުރިންތާރީހީ ވަގުތުކޮޅެއް: ލިވަޕޫލްއާއި މެންޗެސްޓަރ ބައްދަލުކުރި މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކޮށްފިޚަބަރު | 3 މަސް ކުރިން