logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިން އިތުރުކުރުމަށް ޖަރުމަނާއެކު ފަހުމުނާމާއެއް

މުޙައްމަދު އަފްރާޙް
10 ފެބްރުއަރީ 2026 - 15:41
ފަތުރުވެރިން އިތުރުކުރުމަށް ޖަރުމަނާއެކު ފަހުމުނާމާއެއް

ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެގައުމުގެ ޓުއަރ އޮޕަރޭޓަރަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ވިޒިޓް މޯލްޑިވްސްއާއި ޑާޓުއަރ އާއެކު މި ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން ބަރލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް ހަރަލާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ވިލާތުގެ ބާޒާރުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރަށް ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

މި ފަހުމުނާމައިގާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. ޑާޓުއަރގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒަރއެވެ.

މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި، ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނުވިލާތް އޮތް އޮތުން އިތުރަށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެއްކަމަށް ވެސް ވިޒިޓް މޯލްޑިްވސް އިން ހާމަކުރެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި، ދެ ފަރާތުން ގުޅިގެން ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައި ވެއެވެ. އަދި ޖަރުމަނުގެ ފަތުރުވެރިންގެ ޝައުޤުވެރިކަމާއި، ސީޒަނަލް ޑިމާންޑަށް ބިނާކޮށް، ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތަކާއި ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފިޚަބަރު | ގަޑިއިރެއް ކުރިންފަތުރުވެރިން އިތުރުކުރުމަށް ޖަރުމަނާއެކު ފަހުމުނާމާއެއްޚަބަރު | ގަޑިއިރެއް ކުރިންޖަރުމަނުން ރަސްމީކޮށް މަރުހަބާ ދެންނެވި ފުރަތަމަ ދިވެހި ރައީސަކަށް ޑރ. މުޢިއްޒުޚަބަރު | 2 ގަޑިއިރު ކުރިންރަސްމީ ރިޒަރވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިއްޖެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން