ތާރީހީ ވަގުތުކޮޅެއް: ލިވަޕޫލްއާއި މެންޗެސްޓަރ ބައްދަލުކުރި މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކޮށްފި
20 އޮކްޓޯބަރު 2025 - 05:14

ލިވަޕޫލް އެފްސީއާއި މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސިވިލާތުގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކޮށްފިއެވެ.
މި މެޗު ކުޅެފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން އިއްޔެ ހަވީރު 4:30 ގައި ، މާލޭ ގަޑިން ރޭ 8:30 ގައެވެ.

Ad by Hajj Corporation
މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިޝްތިހާރު ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
ފުޓްބޯޅަ ދުނިޔޭގައި "ބެޓަލް އޮފް ދަ ރެޑްސް" ގެ ނަމުން މަޝްހޫރުވި މި މެޗުގައި ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެންފީލްޑް ސްޓޭޑިއަމްގެ އެލް.އީ.ޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުން ތަފާތު 10 ބަހަކުން ވަނީ ފެނިގެންގޮސްފައެވެ. މީގެތެރޭގައި އިނގިރޭސި، ޢަރަބި، ޖަޕާން، ޗައިނާ، ފަރަންސޭސި، ޖަރުމަނު، ރަޝިޔާ، އިޓަލީ، ކޮރެއާ އަދި ދިވެހި ބަސް ހިމެނެއެވެ.
ލިވަރޕޫލް ފުޓްބޯޅަ ކްލަބާއެކު ވިޒިޓް މޯލްޑިވްސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރޝިޕްގެ ދަށުން، އެންފީލްޑްގެ އެލް.އީ.ޑީ ޕެރިމީޓަރ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި 10 ތަފާތު ބަހަކުން ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންގ ދައްކާނެއެވެ. މި ބަސްތަކުގެ ތެރޭގައި އިނގިރޭސި، ޢަރަބި، ޖަޕާނީސް، ޗައިނީސް، ފްރެންޗް، ޖަރުމަން، ރަޝިއަން، އިޓަލިއަން، ކޮރެއަން، އަދި ދިވެހިބަސް ހިމެނެއެވެ. މި މުބާދަރާތުން ފާހަގަކޮށްދެނީ ދިވެހިރާއްޖޭގެ ދުނިޔެވީ މަޤްބޫލުކަމާއި، އެކި ޘަޤާފަތްތަކުގެ މީހުންނާ ގުޅުން ބަދަހިކުރުމުގެ ޤާބިލުކަމެވެ. ޚާއްޞަކޮށް ފުރަތަމަ ފަހަރަށް "މޯލްޑިވްސް" މި ނަން ދިވެހި އަކުރުން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު މައިދާންތަކުގެ ތެރެއިން އެއް މައިދާނުގައި ދެއްކުމަކީ ޤައުމަށް ލިބޭ ފަޚުރުވެރި ކާމިޔާބީއެކެވެ.ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު ޕްލެޓްފޯމަކުން "މޯލްޑިވްސް" މި ނަން ދިވެހި ބަހުން ފެނިގެންގޮސްފައިވާއިރި މިއީ ދިވެހި ޤައުމަށް ލިބިގެންދިޔަ ފަޚުރެކެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހީމް ޝިއުރީ ވިދާޅުވެފައިވަނީ މި މެޗަކީ ހަމައެކަނި ފުޓްބޯޅަ މެޗެއް ނޫންކަމަށާއި، މިލިއަނުން ގުނާލެވޭ ބަޔަކު ބައިވެރިވާ ޘަޤާފީ ވަގުތެއްކަމަށެވެ.
"ދުނިޔޭގެ ސަތޭކަ މިލިއަނުން ގުނާލެވޭ ވަރުގެ ގިނަ ބަޔަކަށް ދިވެހިރާއްޖޭގެ ނަން، އަދި ޚާއްޞަކޮށް ދިވެހި އަކުރުން ފެނުމަކީ އަޅުގަނޑުމެންގެ ބްރޭންޑް ކިހާ ދުރަށް ގޮސްފައިވާކަން ދައްކުވައިދޭ ކަމެއް. މި ޕާޓްނަރޝިޕުން ދުނިޔޭގެ ފެންވަރުގައި ވަރަށް ބޮޑު މީޑިއާ ވެލިއުއެއް ލިބިގެންދާނެ. އަދި ދިވެހިރާއްޖޭގެ ރީތިކަމާއި ޖޯޝާއި، މުޖުތަމަޢުއާއި، އަދި ދުނިޔޭގެ އެންމެ ވަފާތެރި ފުޓްބޯޅަ ފޭންސްއާ ގުޅުވައިދޭނެ". ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހީމް ޝިއުރީ
ރޭގެ މެޗު 180 އަށްވުރެ ގިނަ ޤައުމުތަކުގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ ވަގުތުން ދައްކާފައެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މިވަގުތު އެންމެ މަތީގައި އޮތް ލިވަރޕޫލް އެފްސީ އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރިކުރީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން ވިޒިޓް މޯލްޑިވްސް ވެގެންދާނީ ކްލަބުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަށެވެ. އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ފާހަގަކޮށް، ރާއްޖޭގެ ތަރިކައާއި، ރީތިކަމާއި އަދި އެކި ހަރަކާތްތައް ދުނިޔެއަށް ޕްރޮމޯޓްކުރުމެވެ.
މި ޕާޓްނާޝިޕްގެ ސަބަބުން މިހާރުވެސް ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ އިތުރު މަޝްހޫރުކަމެއް ލިބެމުންދާކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ.
މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިޔަނަށްވުރެ މައްޗަށް އަރައި ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިންނެވެ.


