logo
ކުޅިވަރު

އާތީގެ އިރުޝާދުގެ ދަށުން އަކުރަމާއި އުމެއިރުއާއެކު ވިކްޓްރީއިން ޕްރެކްޓިސް ފަށައިފި

އަބްދުﷲ ޣާނިމް
9 މާރިޗު 2025 - 11:28
ވިކްޓްރީއިން 4 އަހަރުފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅެން ތައްޔާރުވަނީ. ފޮޓޯ: ވިކްޓްރީ ސކ
ވިކްޓްރީއިން 4 އަހަރުފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅެން ތައްޔާރުވަނީ. ފޮޓޯ: ވިކްޓްރީ ސކ

ފަސް އަހަރު ފަހުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ވިކްޓަރީ ސްޕޯޓްސް ކުލަބުން ވަނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރުގެ އެއްބަސްވުން އައުކޮށް، އަލީ ޝާމިސް (ތޮއްޕެ)، މުޙައްމަދު ސާދު ނިޒާރު އަދި ނަޝާހު އަޙްމަދު (ނައްޓު) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މީގެ ކުރިން ވިކްޓަރީގައި މޮޅު ކުޅުމެއް ދައްކާފައިވާ އަކުރަމާއި އުމެއިރަކީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން ވިކްޓަރީން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު މުޙައްމަދު އިމްރާން (ބެން) އާއި ފައިސަލްގެ އެއްބަސްވުންވެސް އައުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލ. ގަމަށް އުފަން ތޮއްޕެ ފުރަތަމަ ޑިވިޝަނަށް ތާއަރަފުވީ 2017 ވަނަ އަހަރު ވިކްޓަރީއިންނެވެ. މިދިޔަ ސީޒަނުގައި ތޮއްޕެ ކުޅެފައިވަނީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކުލަބަށެވެ. އަދި ވިކްޓަރީއަށް އަލަށް ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސާދާއި ނައްޓަކީ ކުރިން ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.

އައު ސީޒަނުގައި ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރު އޮޑި ސްޕޯޓްސް ކުލަބާއެކު ދެވަނަ ޑިވިޝަނުގެ ތަށި ހޯދި މުޙައްމަދު އާތިފް (އާތީ) އެވެ. އާތީގެ އިރުޝާދުގެ ދަށުން ވިކްޓަރީން ވަނީ ރޭ ފަރިތަކުރުންތައް ފަށާފައެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. އަދި ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައިވަނީ އެ މަހުގެ 10 ވަނަ ދުވަހުއެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓުގެ ވައިސް ޗެއާމަނަކަށް އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން!ކުޅިވަރު | މަހެއް ކުރިންމާޒިޔާއަށް މޮޒަންބީކްގެ މިޑްފީލްޑަރަކާއި ޕޯޗުގަލްގެ ޑިފެންޑަރެއްކުޅިވަރު | 6 މަސް ކުރިންއާތީގެ އިރުޝާދުގެ ދަށުން އަކުރަމާއި އުމެއިރުއާއެކު ވިކްޓްރީއިން ޕްރެކްޓިސް ފަށައިފިކުޅިވަރު | 6 މަސް ކުރިންދިވެހި ފުޓްބޯޅަ ސީޒަން ފެބުރުވަރީމަހުގައި ފަށަނީކުޅިވަރު | 9 މަސް ކުރިން