logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

މާޒިޔާއަށް މޮޒަންބީކްގެ މިޑްފީލްޑަރަކާއި ޕޯޗުގަލްގެ ޑިފެންޑަރެއް

އަބްދުﷲ ޣާނިމް
20 މާރިޗު 2025 - 11:57
މާޒިޔާއާއި ގުޅުނު ދެކުޅުންތެރިން. ފޮޓޯ: މާޒިޔާ
މާޒިޔާއާއި ގުޅުނު ދެކުޅުންތެރިން. ފޮޓޯ: މާޒިޔާ

ކުރިޔަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އެ ޓީމަށް ބިދޭސީ ދެ ކުޅުންތެރިން ގެނެސްފިއެވެ. މިގޮތުން ޓީމަށް ގެނެސްފައިވަނީ މޮޒަންބީކްގެ މިޑްފީލްޑަރު ރިކާޑޯ މޮންޑްލޭންއާއި ޕޯޗުގަލްގެ ޑިފެންޑަރު ލުއިސް އަލްމައިޑާއެވެ.

ޕޯޗުގީޒް ޑިފެންޑަރު ލުއިސް އަލްމައިޑާއަކީ މީގެ ކުރިން އެމެރިކާ އަދި ސްޕެއިންގެ އެކި ޑިވިޝަންތަކުގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އޭނާގެ ތަޖުރިބާއާއެކު މާޒިޔާގެ ދިފާއީ ބައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މޮޒަންބީކްގެ މިޑްފީލްޑަރު ރިކާޑޯ މޮންޑްލޭންގެ ސޮއި ހޯދުމާއެކު، މާޒިޔާގެ މެދުތަނބުގެ ބައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ފާއިތުވި ހަތަރު ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާގެ އަމާޒަކީ މި ސީޒަނުގައި އެ ޓީމުން ވާދަކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މާޒިޔާއިން ވަނީ ކުރިން އެ ޓީމަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިންކަމަށްވާ ޔަސްފާދު ހަބީބު (މުލަކޭ) އާއި މޫސާ ޔާމީން (ޔާމްބެ) އަލުން ޓީމަށް ގެނެސްފައެވެ.

މި ބަދަލުތަކާއެކު މާޒިޔާގެ ސަފުތައް އިތުރަށް ވަރުގަދަވެ، ކުރިޔަށް އޮތް ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ގިނަ ކުޅިވަރު މާހިރުން ލަފާކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ގްރީން ބަލިކޮށް، މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 8 ދުވަސް ކުރިން100% ރެކޯޑާއެކު މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | މަހެއް ކުރިންސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މާޒިޔާއިން ކާމިޔާބުކޮށްފިކުޅިވަރު | 2 މަސް ކުރިންސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 2 މަސް ކުރިން