ސިޓީއަށް ގަދަ 4 އިން ޖާގަ ގެއްލިދާނެކަމުގެ ބިރުހީވެއްޖެ

ސިޓީއަށް ގަދަ 4 އިން ޖާގަ ގެއްލިދާނެކަމުގެ ބިރު މިހާރުވަނީ ހީވާން ފަށާފައި.

09 މާރިޗު 2025 - 11:53
މެންޗެސްޓަރ ސިޓީއަށް މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ދަތިވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. އެގޮތުން ސިޓީ ވަނީ ރޭޣައި ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއީ މި ސީޒަނުގައި ސިޓީ ލީގުގައި ބަލިވި 9 ވަނަ މެޗެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކުރިއަށް އޮތް މެޗުތަކަކީ ޓީމަށް ވަރަށް މުހިންމު މެޗުތަކެއް ކަމަށް ބުނެފައެވެ. "އަހަރުމެންނަށް ކުރިއަށް އޮތީ 10 ފައިނަލް މެޗު. އަދި ކުރިއަށް ދެވޭނީ މެޗުތައް ކާމިޔާބުކޮށްގެން. އެހެންކަމުން މެޗަކަށް ފަހު މެޗަކާއިމެދު ވިސްނާ ކުރިއަށް އޮތް ދިހަ މެޗުވެސް ކާމިޔާބުކުރަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.
ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީއަށް މިއީ އެންމެ ދަތި ސީޒަނެވެ. ގާޑިއޯލާ ހަވާލުވި ފަހުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މިފަދަ އުނދަގޫ ހާލަތެއް މެދުވެރިވެފައެއް ނުވެއެވެ.
މި ސީޒަނުގައި ސިޓީއަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ޖެނުއަރީ ޓްރާންސްފާރ ގައި އެ ޓީމުން ވަނީ 180 މިލިއަން ޕައުންޑު ޚަރަދުކޮށް އުމަރު މަރްމޫޝް އާއި ނިކޯ ގޮންޒާލޭޒް ފަދަ ކުޅުންތެރިން ހޯދާފައެވެ.
ކުރިއަށް އޮތް ސީޒަނުގައި ސިޓީ އިތުރު ބަދަލުތަކެއް ގެންނަން ޖެހިފައިވާއިރު، ގިނަ ކުޅުންތެރިންނަކީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމުތަކަށް ބަދަލުވާން ބޭނުންވާ ކުޅުންތެރިންނެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަކީ ސިޓީއަށް ވަރަށް މުހިންމު ކަމަކަށް ވެފައިވެއެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
7 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
6 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
6 މަސް ކުރިން