ސަލާޙުގެ ދެ ގޯލާއެކު ތާވަލުގެ އެއްވަނައިގައި ލިވަރޕޫލް ހަމަޖެހިލައިފި

ރޭގައި ސަލާޙު ވަނީ ދެގޯލު ޖަހާފައި. ފޮޓޯ: ލިވަރޕޫލް

09 މާރިޗު 2025 - 12:00
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން މޮޅުވެ، ލިވަޕޫލް ވަނީ ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓްގެ ލީޑަކާއެކު ހަމަޖެހިލައިފިއެވެ.. މި މޮޅުވުމާއެކު ލިވަޕޫލް ވަނީ 29 މެޗުން 70 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި ދެމެޗު މަދުން ކުޅެފައިވާ އާރސެނަލް އަށް ލިބިފައިވަނީ 27 މެޗުން 54 ޕޮއިންޓެވެ.
އެންފީލްޑްގައި ކުޅުނު މި މެޗުގައި ސައުތެމްޓަން އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލް ސްމޯލްބޯންގެ ލަނޑަކުން ލީޑުނަގާފައެވެ. ނަމަވެސް ދެވަނަ ހާފުގައި ލިވަޕޫލް އިން ވަނީ ތިން ބަދަލަކާއެކު އަނބުރާ މެޗު ހޯދާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ލުއިސް ޑިއާޒްގެ އެސިސްޓަކުން ޑާވިން ނޫނޭޒް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އޭގެ ތިން މިނިޓު ފަހުން ނޫނޭޒް އަށް ލިބުނު ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާޙު ވަނީ ލިވަޕޫލް އަށް ކުރިއެރުން ހޯދައިދީފައެވެ.
މެޗު ނިމުމާ ކައިރިވަނިކޮށް ލިބުނު އިތުރު ޕެނަލްޓީއަކުން ސަލާޙު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ މެޗުގެ 3 ޕޮއިންޓް ހޯދައިދީފައެވެ. މި މޮޅުވުމާއެކު ލިވަޕޫލް އަށް ވަނީ ލީގު ނެގުމުގެ ފުރުސަތު އިތުރަށް ބޮޑުވެފައެވެ.
މިވަގުތު ދެވަނައިގައި އޮތް އާސެނަލް އަށް 27 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތީ 47 ޕޮއިންޓާއެކު ހަތަރުވަނަ ހިސާބުގައެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
7 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
6 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
6 މަސް ކުރިން