logo
ޚަބަރު

އަންގާރަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ބަހާނީ މިފްކޯ ފިހާރަތަކުން

އަންގާރަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ބަހާނީ މިފްކޯ ފިހާރަތަކުން

މި އަންނަ އަންގާރަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ބަހާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވޮ ޕޯސްޓެއްގައި ވިދާޅުވީ، މާޗް 11 ވަނަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައެވެ. އަދި މިއަދާއި މާދަމާ ރޭ މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ރޯދަ ހަދިޔާ ބަހަމުން ދަނީ މާލެ ސަރަހައްދުގައި ބަހަން ހަމަޖެހިފައިވާ ތަންތަނުގައި ރޭގަނޑު 9:30 އިން 11:30 އަށެވެ.

މިއާއެކު ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް އަންގާރަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރޯދަ ހަދިޔާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިހާތަނަށް އައިއިރު، މާލެ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނީ، ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ލިބޭނެކަމަށެވެ.

ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ދީފަ އެވެ. އަދި ރޯދަ މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދީފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމުގެ މޫސުމަށް ސަރުކާރުން ގިނަ ތައްޔާރީތަކެއްޚަބަރު | 18 ދުވަސް ކުރިންމިފްކޯއިން މިދިޔަ ހަފްތާގައި މަސްވެރިންނަށް 7 މިލިއަން ރުފިޔާ ދޫކުރި ޚަބަރު | 19 ދުވަސް ކުރިންގުޅިގެން މަސައްކަތްކުރުމަށް އެމް.ޕީ.އެލްއާއި މިފްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 22 ދުވަސް ކުރިންމި މަހުގެ ތެރޭގައި ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން މިފްކޯއިންދީފިޚަބަރު | 22 ދުވަސް ކުރިން