logo
Bank of Maldives

Bank of Maldives

ޚަބަރު

މާހާޒުގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރުކޮށްފި

ހުސައިން ވަސީމް
9 މާރިޗު 2025 - 15:17
މާހާޒުގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރުކޮށްފި

އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެން އުޅުމުން އެ މައްސަލައަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިނ ްބަލަމުން އަންނަމައްސަލައަކާއި ގުޅިގެން މަހާޒް ވަނީ މިއަދު ޖޭއެސްސީއަށް ހާޒިރު ކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޭއެސްސީން މަހާޒަށް ތުހުމަތު ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެން އުޅުމުން އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

ޖޭއެސްސީގައި މިއަދު ބޭއްވި އަޑުއެހުމަށް ފަހު މަހާޒްގެ ގާނޫނީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ މާހާޡްގެ މައްޗަށް ކުރަނީ އެއްވެސް އަސާސްއެއް ނެތް ދޮގު ތުހުމަތު ތަކެއް ކަމަށެވެ. އަދި އެ ތުހުމަތު ތަކަށް މަހާޒު އިންކާރު ކުރައްވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ޖޭއެސްސީގެ މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހާޒު ވިދާޅުވީ ކުރިިނަލް ކޯޓުގެ ގާޒީންނަށް ގުޅާ ނުފޫޒު ފޯރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެއްވެސް ގާޒީ އަކަށް ގުޅާ އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް މަހާޒު ވިދާޅުވި އެވެ.

ޖޭއެސްސީން ބަލަމުން އަންނަ މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑީޔާރު ޑރ އަޒްމިރަލްދާ ޒާހިރުވެސް މާދަމާ ޖޭއެސްސީއަށް ހާޒިރުވާން ވަނީ އަންގާފަ އެވެ. ޖޭއެސްސީގައި މާދަމ ަކުރިއަށްގެންދާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަޒްމިރަލްދާގެ ފަރާތުން ވަނީ އެދިފައެވެ. އެހެން ނަމަވެސް އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދެވެން ނެތް ކަމަށް ޖޭއެސްސީން ވަނީ އަޒްމިރަލްދާ އަށް އަންގާފަ އެވެ.

މި މައްސަލައިގެ އިތުރުން މި ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު ސުލޫކީ މައްސަލަތަކެއްވެސް ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމަށްވާ އަލްއުސްތާޛު ޙުސްނުއްސުޢޫދުއާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ފަނޑިޔާރުން ސަސްޕެންޑުކޮށްފަ އެވެ. ސަސްޕެންޑު ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާވެސް ދެއްވާފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާރަށް ކުއްޔަށް ދިން މައްސަލައިގެ އައު ހެކިތަކާ ގުޅޭ އަޑުއެހުންތައް ނިންމާލައިފިޚަބަރު | 18 ދުވަސް ކުރިންހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނުކުރެއްވުމާއެކު ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީޚަބަރު | 22 ދުވަސް ކުރިންހައި ކޯޓަށް މާދަމާ ފަނޑިޔާރަކު ކަނޑައަޅައި އައްޔަންކުރަނީޚަބަރު | 23 ދުވަސް ކުރިންރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުންނަށް ނުކުމެވޭޚަބަރު | 2 މަސް ކުރިން