ރޮނާލްޑޯ 30 އަހަރު ވުމުގެ ކުރިން ޖެހި ގޯލަށްވުރެ ގިނަ ގޯލު 30 އަހަރުވިފަހުން ޖަހައިފި

ރޮނާލްޑޯ 30 އަހަރު ވުމުގެ ކުރިން ޖެހި ގޯލަށްވުރެ ގިނަ ގޯލު 30 އަހަރުވިފަހުން ވަނީ ޖަހާފައި

11 މާރިޗު 2025 - 07:21
ފުޓްބޯޅަ ތާރީހުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރގައި އަނެއްކާވެސް އާ ރެކޯޑެއް ހާސިލުކޮށްފިއެވެ. މިގޮތުން އުމުރުން 40 ގެ ރޮނާލްޑޯ، 30 އަހަރު ފުރުނުފަހުން ޖަހާފައިވާ ގޯލުތަކުގެ އަދަދު، 30 އަހަރުން ދަށުން ޖެހި ގޯލުތަކުގެ އަދަދަށްވުރެ ވަނީ އިތުރުވެފައިވެއެވެ.
ރޭގައި އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް-ނަސްރުން އިސްތެގްލާލާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 އިން މޮޅުވެ، ކުއާޓަރ ފައިނަލަށް ދަތުރު ކުރިއިރު، މެޗުގެ 26 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ ގޯލެއް ޖަހާފައެވެ. މިއާއެކު އޭނާގެ ކެރިއަރގައި ޖަހާފައިވާ ގޯލުތަކުގެ އަދަދު 927 އަށް އަރާފައިވެއެވެ.
ރޮނާލްޑޯގެ ކެރިއަރގައި ޖަހާފައިވާ 927 ގޯލުގެ ތެރެއިން 463 ގޯލު ޖަހާފައިވަނީ 30 އަހަރު ފުރުމުގެ ކުރިންނެވެ. އަދި 464 ގޯލު ޖަހާފައިވަނީ 30 އަހަރުން މަތިވުމަށްފަހުގައެވެ. އާންމުކޮށް ފުޓްބޯޅަ ކުޅުންތެރިންގެ އެންމެ މޮޅު ދައުރު އަންނަނީ 20 އަހަރުގެ ފަހުކޮޅުގައި ކަމަށްވާއިރު، މިއީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
30 އަހަރުން މަތިވުމަށްފަހު ރޮނާލްޑޯ ވަނީ ތިން ޗެމްޕިއަންސް ލީގު މަގާމާއި، ތިން ލީގު މަގާމާއި، ދެ ބެލޯން ޑީ އޯރ އަދި ފީފާ ބެސްޓް ޕްލެޔަރގެ ދެ މަގާމު ހޯދާފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ޔޫރޯ ކޮޕާގައި ޕޯޗުގަލް ކާމިޔާބު ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވެއެވެ.
ކެރިއަރގައި 1،000 ގޯލު ހަމަކުރުމަށް އަދި 73 ގޯލު ބާކީ އޮތްއިރު، ރޮނާލްޑޯއަށް މި ރެކޯޑު ހާސިލުކުރެވޭނެތޯ އަދި އޭނާގެ ކެރިއަރ ކިހާހިސާބަކަށް ދެމިގެންދާނެތޯއަކީ މިހާރު އުފެދޭ ސުވާލެވެ.
އިތުރު ލިޔުންތައް

ފަހު ވަގުތު ރޮނާލްޑޯ ބޭރަށް ޖެހި ޕެނަލްޓީއާއެކު އަލް ނަޞްރު ކިންގްސް ކަޕުން ކަޓައިފި.
6 މަސް ކުރިން
ރޮނާލްޑޯއަށް 1000 ގޯލު ގެ ރެކޯޑް ހެދިދާނެތަ؟
5 މަސް ކުރިން
ޔުއޭފާ ނޭޝަންސް ލީގު: ރޮނާލްޑޯގެ ބައިސިކަލް ގޯލުން ޕޯޗުގަލް ކުއާޓަރ ފައިނަލަށް
5 މަސް ކުރިން