logoEN
ޚަބަރު

ބުރާސްފަތިދުވަހު އައްޑުއަށް 1000 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ގެނަދަނީ

އާމިނަތު ސަފާއާމިނަތު ސަފާ

11 މާރިޗު 2025 - 08:26

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބުރާސްފަތިދުވަހު އައްޑުއަށް 1000 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ފޮނުވާނެކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން 1،000 ކ.ވގެ އާ އިންޖީނެއް ރޭ އައްޑޫއަށް ފޮނުވުމަށް މާލޭން އުޅަނދަކަސް ލޯޑު ކުރެވި، ފުރުވާލެވިފައިވާ ކަމަށެވެ.

އެ އުޅަނދު މިމަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި އައްޑޫއަށް ބަނދަރު ކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށް ފެނަކއިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންދަންވެސް ފެނަކައިންވަނީ ނިންމާފައެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުންކުރަމުން އަންނަ ކަމަށާއި، ދެވަނަ ޖަނަރޭޓަރު މަރާމާތުކޮށް ރަމަޟާން މަހުގެ ކުރިން ނިންމޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއަރ ޕާޓްސް ގެނެސްގެން ތިންވަނަ ޖަނަރޭޓަރު މަރާމާތުކޮށް ނިންމާނެ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށް، ޖަނަރޭޓަރު ސެޓްތަކުގެ ޕަރފޯމަންސް އަދި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. ނަމަވެސް މި މަސައްކަތަށް ރާއްޖެއިން ބޭރުން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭތީ، މަސައްކަތް ނިންމާލުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ލަފާކުރެއެވެ.

ކޮމެންޓް

871x217_placeholder