logoEN
ކުޅިވަރު

ދުނިޔޭގެ އެންމެ ފުރިހަމަ ދަނޑު އެޅުމަށް މެންޗެސްޓަރ ޔުނައިޓެޑުން އިޢުލާން ކޮށްފި

މެންޗެސްޓަރ ޔުނައިޓެޑުން އިޢުލާން ކުރި އައު ސްޓޭޑިއަމް ހުންނާނެ ގޮތުގެ ކުރެހުން. ފޮޓޯ: މެންޗެސްޓަެ ޔުނައިޓެޑް

މެންޗެސްޓަރ ޔުނައިޓެޑުން އިޢުލާން ކުރި އައު ސްޓޭޑިއަމް ހުންނާނެ ގޮތުގެ ކުރެހުން. ފޮޓޯ: މެންޗެސްޓަެ ޔުނައިޓެޑް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

11 މާރިޗު 2025 - 12:26

މެންޗެސްޓަރ ޔުނައިޓެޑްއިން އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސްޓޭޑިއަމް ކަމުގައިވާ ވެމްބްލީއަށްވުރެ ބޮޑު، 100،000 މީހުންގެ ޖާގައިގެ "ދުނިޔޭގެ އެންމެ މޮޅު" ފުޓްބޯޅަ ދަނޑެއް އެޅުމަށް ރާވާ ޕްލޭންތައް އާންމުކޮށްފިއެވެ. މި އައު ސްޓޭޑިއަމް އެޅުމަށް ހަމަޖެހިފައިވަނީ އޯލްޑް ޓްރެފަޑްގެ ކައިރީގައެވެ.ކްލަބުގެ ޕާޓް-އޯނަރ ޖިމް ރެޓްކްލިފް ވިދާޅުވި ގޮތުގައި، އޯލްޑް ޓްރެފަޑްއިން 115 އަހަރު ވަންދެން ރަނގަޅު ޚިދުމަތްތަކެއް ދީފައިވީ ނަމަވެސް، މިހާރު އެހެން ބޮޑެތި ސްޓޭޑިއަމްތަކާ އަޅާބަލާއިރު ވަނީ ފަހަތަށް ޖެހިފައެވެ. އެގޮތުން ޔުނައިޓެޑްގެ މިހާރުގެ އޯލްޓްރެފޯޑްގެ ފުރާޅުން ވާރޭވެހުމުގެ މައްސަލަތަކާއި ސްޓޭޑިއަމް އިން މީދާ ފެންނަ މައްސަލަތައް މީޑިޠާތަުގައި ވަނީ ފެންމަތިވެފައެވެ.

undefinedޔުނައިޓެޑްގެ ސްޓޭޑިއަމް ދުރުން ފެންނާނެ ގޮތް. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް

މި މަޝްރޫޢުގެ އާކިޓެކްޓް ނޯމަން ފޮސްޓަރ ވިދާޅުވެފައިވަނީ މަޝްރޫޢު ނިންމުމަށް 5 އަހަރު ނަގާނެ ކަމަށެވެ.ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ 1.3 ބިލިއަން ޑޮލަރަށް ގަތް ރެޓްކްލިފް، މި އައު ސްޓޭޑިއަމްގެ މަޝްރޫޢަށް އިސްކަމެއް ދެއްވާފައިވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދަށް 7.3 ބިލިއަން ޕައުންޑް (9.4 ބިލިއަން ޑޮލަރު) ގެ ފައިދާއެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި އައު ސްޓޭޑިއަމްއާއެކު 92000 ވަޒީފާގެ އިތުރުން 1.8 މިލިޔަން މީހުން އަހަރަކު ޒިޔާރަތް ކުރާނެކަމަށް ކުލަބުން ލަފާކުރެއެވެ. މި ސްޑޭޑިއަމް އާއެކު ސްޓޭޑިއަމް ވަށައިގެންވާ ސަރަޙައްދު ތަރައްޤީކުރުމަށް ނިންމާފައިޥާއިރު، އައު ސްޓޭޑިއަމް ޑިޒައިން ކޮށްފައިވަނީ ޔުނައިޓެޑްގެ ލޯގޯ 'ޑެވިލްސް' ގެ އަސާކޮޅު ރަމްޒަކަށް ބަލައިގެންނެވެ. ސްޓޭޑިއަމް އާއެކު އިންޑޯރ ކޮންސާރޓް އެރީނާއަކާއި އިންޑޯ ފޭން ޒޯނެއް ހަދަން ހަމަޖެހިފައިވެއެވެ.

undefinedސްޓޭޑިއަމްވަށައިގެން ހުންނާނެ ގޮތުގެ ކުރެހުން.

undefinedސްޓޭޑިއަމްވަށައިގެން ހުންނާނެ ގޮތުގެ ކުރެހުން.

ކްލަބުގެ ސީއީއޯ އޮމަރު ބެރާޑާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެންމެ މޮޅު ޓީމް ދުނިޔޭގެ އެންމެ މޮޅު ސްޓޭޑިއަމްގައި ކުޅުމަކީ ކްލަބުގެ ދުރު ރާސްތާގެ ލަނޑުދަނޑިއެކެވެ. މި އިޢުލާން ކުރެވުނީ ޔުނައިޓެޑްގެ ސަޕޯޓަރުން ކްލަބުގެ މިލްކުވެރިކަމާ ދެކޮޅަށާއި، ފަހަކަށް އައިސް ޓީމުގެ ކުޅުމުގެ ފެންވަރާމެދު ހިތްހަމަނުޖެހިގެން އިހުތިޖާޖުކުރަމުންދާ ދަނޑިވަޅެއްގައެވެ.

View post on Twitter

ކޮމެންޓް

871x217_placeholder