logo
E-Platinum
ކުޅިވަރު

ރޫބެން އަމްރިއޯމް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމަށް.

އަބްދުﷲ ޣާނިމް
29 އޮކްޓޯބަރު 2024 - 15:19
ރޫބެން އަމޮރިމް. ފޮޓޯ ގެޓީ އިމޭޖަސް
ރޫބެން އަމޮރިމް. ފޮޓޯ ގެޓީ އިމޭޖަސް

ޕޯޗުގަލްގެ ކުރީގެ ކުޅުންތެރިޔާ ރޫބެން އަމޮރިމް މެންޗެސްޓަރ ޔުނައިޓެޑް ގެ އައު ކޯޗުކަމަށް އައުމަށް އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. ފުޓްބޯޅައިގެ ޓްރާންސްފަރ ހަބަރުތައް ގެނެސްދޭ އެންމެ އިތުބާރު ކުރެވޭ މަސްދަރުކަމަށްވާ ފަބްރީޒިއޯ ރޮމާނޯ ވަނީ އޭނާގެ މީސްމީޑިއާ މަންސަތަކުގައި އަމޮރިމް މެންޗެސްޓަރ އަށް ގެނައުމުގެ ރަސްމީ މަޝްވަރާތައް މިހާރު އެކުލަބުން ފަށާފައިވާކަން ހާމަކޮށްފައެވެ. މި މަޝްވަރާތަކުގައި އަމޮރިމް ގެ ކޮންޓްރެކްޓް ބާތިލުކުރުމުގެ ބަދަލެއްގެ ގޮތުން ގާތްގަނޑަކަށް 10 މިލިއަން ޔޫރޯ ގެ ބަދަލެއް ދޭން ޖެހޭނެ ކަމަށް ބެލެވެއެވެ.

ޗެލްސީ އާއި ލިވަޕޫލުން ނިމިދިޔަ ސީޒަނުގައި އެޓީމުގެ ކޯޗުކަމަށް ގެނައުމަށް ސްކައުޓް ކޮށްފައިވާ އަމޮރިމް މި ސީޒަނުގައި ވަނީ އޭނާގެ ޓީމް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 100% ރިކޯޑް ދަމަހަށްޓާފައެވެ. އަދި ކުޅުނު ނުވަ މެޗުން 30 ގޯލް ޖެހިއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ. އަމޮރިމް ވަނީ ޕޯޗުގަލް ލީގުގައި ޕޯޓޯ އާއި ބެންފީކާގެ ޑޮމިނޭޓް ކުރުން ހުއްޓުވައި ނަވާރަ އަހަރުތެރޭގައި ފުތަރަމަ ފަހަރަށް ސްޕޯޓިންގ އަށް ލީގު ހޯދައިދީފައެވެ. އަމޮރިމް ފާހަގަ ކުރެވޭ ކާމިޔާބަކީ ކުޑަ ބަޖެޓަކުން މެނޭޖްކޮށް ކުލަބަށް ހޯދި ކާމިޔާބީތައްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން ނިމިދިޔަ ސީޒަންގެ ޕޯޗުގަލް ލީގުވެސް ހޯދާފައިވަނީ އަމޮރިމްގެ އިރުޝާދުގެދަށުން ސްޕޯޓިންގ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން ފާގަސަން މީގެ 11 އަހަރު ވަކިވިފަހުން އެޓީމުވަނީ ވަރަށްބޮޑަށް އަޑިއަޅާލާފައެވެ. އެގޮތުން އަމޮރިމް ވެގެންދާނީ މި މުއްދަތުގައި ޢައްޔަނު ކުރެވޭ 6 ވަނަ ކޯޗަށެވެ. މެންޗެސްޓަރ ޔުނައިޓެޑުން ފަހަކަށް އައިސް ދައްކާފައިވާ ދަށް ނަތީޖާތަކުގެ އިތުރުން ޓީމުގައި ކުޅުމުގެ ޕްލޭނެއް އަދި ވަށްޓަފާޅިއެއް ނެތްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އެހެންކަމުން އަމޮރިމް އަކީ އަޑިއަޅާލާފައިވާ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމަށް އެންމެ އެކަށީގެންވާ ސްޓައިލުގެ ކޯޗުކަމަށް ކުލަބުގެ މެނޭޖްމަންޓުން ޤަބޫލުކުރެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަލާމާތާއި ފުރައްސާރައާއި ހެދި ލެޖެންޑް ޓޮޓީގެ ދަރިފުޅު ރިޓަޔަރ ކޮށްފިކުޅިވަރު | ދުވަހެއް ކުރިންސެސްކޯގެ ސޮއި ހޯދުމަށް ނިއުކާސަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ގަދަހިފުމަކަށްކުޅިވަރު | 2 ދުވަސް ކުރިންޔުނަޢިޑެޓުން ބޭނުންނެތިގެން ދޫކޮށްލާ ރަޝްފޯޑު ބާސާއަށް ބަދަލުވަނީކުޅިވަރު | 11 ދުވަސް ކުރިންދިއްދޫ ކަޕް: ޓީނޭޖު ހަނިގޮތަކަށް މޮޅުވިއިރު، އައްސޭރި އިން މުބާރާތުގައި ބައިވެރިވާ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއެްކުޅިވަރު | 12 ދުވަސް ކުރިން