logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑް އަށް ކުރިއެރުމެއްނެތް.

އަބްދުﷲ ޣާނިމް
27 އޮކްޓޯބަރު 2024 - 18:26
ވެސްޓްހޭމްގެ ޖޭރެޑް ބޮވެން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ވެސްޓްހޭމް
ވެސްޓްހޭމްގެ ޖޭރެޑް ބޮވެން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ވެސްޓްހޭމް

އިނގިރޭސި ޕްރީމިއަރ ލީގު ރައުންޑު 9 އެއްގައި މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުޅުނު މެޗުން އަނެއްކާވެސް ބަލިވެއްޖެއެވެ. ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބަލިވުމާއެކު، މެންޗެސްޓަރ ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

މެޗު ފަށައިގެން ޔުނައިޓެޑުން ރަނގަޅުކުޅުމެއް ކުޅެމުން އައި ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލު ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލްޖެހީ މެޗުގެ 74 ވަނަ މިނެޓުގައި ވެސްޓްހޭމްގެ އެޓޭކަރ ހޮލެންޑުގެ ކްރިސެންސިއޯ ސަމަވިލްއެވެ. އެހެން ނަމަވެސް ޔުނައިޓެޑުގެ ތަޖުރިބާކާރު މިޑްފީލްޑަރ ކެސެމީރޯ ވަނީ މެޗުގެ 81 މިނެޓުގައި ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗުގައި ވެސްޓްހޭމް މޮޅުވި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން އިންގްލޭންޑް ގެ ޖޭރެޑް ބޮވެންއެވެ.  

Ad by Hajj Corporation

Ad by Hajj Corporation

މި ބައްޔާއެކު ޔުނައިޓެޑުން ވަނީ ކުޅުނު ނުވަމެޗުން ލިބުނު 11 ޕޮއިންޓާއެކު ލީގު ތާވަލުގެ 14 ވަނަ އަށް ވެއްޓިފައެވެ. ލީގުގައި މިހާތަނަށް މެންޗެސްޓަރ ޔުނައިޓެޑުން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އެހެންކަމުން މިއީ މިހާތަނަށް ޔުނައިޓެޑުން ވަނީ ސީޒަނެއްގައި އެޓީމު ލީގުގައި އެންމެ ދަށްކޮށް ފެށި ސީޒަނަށް ވެގެންވަނީ ގޮސްފައެވެ. މި ސީޒަނުގައި ޔުނައިޓެޑުން ދައްކަމުން ގެންދާ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗުކަމުން ވަކިކުރުމުގެ ބިރު ހީވެފައިވާ ޓެން ހާގް އަށް ވަނީ މި ބައްޔާއެކު އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ.

ލީގުގައި މިރޭކުޅުނު އެހެން މެޗުތަކަށް ބަލާއިރު މި ސީޒަންގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޗެލްސީއިން ވަނީ ނިއުކާސަލް އަތުން 2-1 ން މޮޅުވެފައެވެ. އަދި ޓޮޓްނަމް ވަނީ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރީމިަރ ލީގުގެ އެސިސްޓް ރެކޯޑްހަދައި ފެނާންޑޭޒް ބެލަންޑޯއާއި ދިމާލަށްކުޅިވަރު | 4 ދުވަސް ކުރިންކުލަބާ ހަވާލުވިފަހުން އެމުއްދަތުގައި ޕްރީމިއަރ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ކެރިކްއަށް ޔުނައިޓެޑްގެ ދާއިމީ ކޯޗުކަންކުޅިވަރު | 6 ދުވަސް ކުރިންސަންޑަލޭންޑުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެކުޅިވަރު | 12 ދުވަސް ކުރިންޑެކްލަން ރައިސް ފަހަތަށް ޖައްސާލުމަށްފަހު އެފްޑަބްލިއުއޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ފެނާންޑޭޒްއަށްކުޅިވަރު | 12 ދުވަސް ކުރިން