logo
ޚަބަރު

ހުޅުމާލޭގައި ކުޑަކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 މާރިޗު 2025 - 19:45
ހުޅުމާލޭގައި ކުޑަކުދިންތަކެއްގެ މެދުގައި މާރާމާރީއެއް

ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީ ހިނގާފައި ވަނީ މިރޭ 10:00 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި އެއް ކުއްޖަކަށް ޒަޚަމްވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، އިތުރު 4 ކުދިން ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މި ހާދިސާ ހިނގަން ދިމާވި ސަބަބާއި، ޒަޚަމްވި ކުއްޖާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮގަސްޓު މަހުގެ ނިޔަލަށް ވައްކަމުގެ 1833 މައްސަލަ ހުށަހަޅާފައިވޭ: ފުލުހުންޚަބަރު | މަހެއް ކުރިންސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | 4 މަސް ކުރިންހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 4 މަސް ކުރިންކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 5 މަސް ކުރިން