logoEN
ޚަބަރު

ދުވާފަރާއި ކުޅުދުއްފުށީގައި ދަނާލަކާއި ޓިވެޓް ސެންޓަރެއް ގާއިމުކުރަނީ

ރ. ދުވާފަރުގައި ދަނާލަކާއި ކުޅުދުއްފުށި ސިޓީގައި ޓްރެއިނިން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ އާއި ރ. ދުވާފަރުގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި މަތީ ތައުލީމާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ ހައިދަރެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަަސްވުމުގައި ސޮއިކުރެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ރިޓަޔަރޑް އަލީ ޒުހައިރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

ކުޅުދުއްފުށީގައި ޤާޢިމުކުރުމަށް ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ޙަވާލުކުރެވިފައެވެ. އަދި ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާޢިމުކުރުމުގެ މަސައްކަތް ވަނީ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރެވިފައެވެ.

މިފަދަ މަޝްރުޢޫތަކުގެ ސަބަބުން، ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެގޮތަށް، ދަނާލުގެ ޚިދުމަތާއެކު ތަރައްޤީ ކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

ކޮމެންޓް

871x217_placeholder