logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަރޕޫލް ބަލިކޮށް ޕީއެސްޖީ ކުއާޓަރ ފައިނަލަށް، ސަލާޙުގެ ބެލަންޑިއޯ ރޭހުގައި ހިޔަނި އެޅިއްޖެ

އަބްދުﷲ ޣާނިމް
12 މާރިޗު 2025 - 07:23
ޕެނަލްޓީ ސޫޓުގައި ޑެންބެލޭ އުފާފާޅުކުރަނީ. ފޮޓޯ: ފަބްރީޒިއޯ
ޕެނަލްޓީ ސޫޓުގައި ޑެންބެލޭ އުފާފާޅުކުރަނީ. ފޮޓޯ: ފަބްރީޒިއޯ

ޔުއޭފާ ޗެންޕިއަންސް ލީގުގައި ގަދަ 16 ގައި ދެވަނަ ލެގުގައި ޕީއެސްޖީ އަތުން ބަލިވެ، ލިވަރޕޫލް މުބާރާތާއި އަލްވަދާޢުކިޔާފިއެވެ. ލިވަރޕޫލްގެ އަމިއްލަ ދަމޑުގައި ކުލެވުނު މިމެޗުގެ ފުރިހަމަ ވަގުުތ ހަމަވީ 1-0 އިން ޕީ.އެސް.ޖީ ކުރީގައި އޮވެގެންނެވެ. އެހެންކަމުން އެގްރިގޭޓް 1-1 އިން އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މީގެކުރިން މިދިޔަ ހަފްތާގައި މިދެޓީމު ފްރާންސް ގައި ކުޅުނު ފުރަތަމަ ލެގުގައި ލިވަރޕޫލް 1-0 އިން މޮޅުވެފައި އޮތުމުން، އެޓީމުން އަމިއްލަ ދަމޑުގައި ނިކުތީ މޮޅުވާނެކަމުގެ އުންމީދުގައެވެ. އެހެންކަމުން އަމިއްލަ ދަމޑުގައި މެޗު އެއްވަރުކޮށްލައިގެން ކުއާޓަރ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ރޭގެ މެޗަށް ނިކުތްއިރު ލިވަރޕޫލަށް ވަނީ ލިބިފައެވެ.

އާނެ ސްލޮޓް ގެ އިރުޝާދުގެ ދަށުން ފުރަތަމަ ސީޒަނުގައި 3 ތަށި ނެގުމުގެ އުއްމީދުގައި ތިބި ލިވަރޕޫލްގެ ސަޕޯޓަރުންގެ ހުވަފެނުގައި ހިޔަނިއެޅުނީ މެޗުގެ 12 ވަނަ މިނެޓުގައި ލިވަރޕޫލްގެ ޑިފެންޑަރ ކޮނާޓޭ އަށް ހެދުނު ގޯހަކާއި ގުޅިގެން ޕީއެސްޖީގެ އުސްމާން ޑެންބެލޭ އަށް ހުސްކޮށް ލިބުނު ބޯޅައަކުންނެވެ. މެޗުގެ 90 މިނެޓުހަމަވިއިރު އެގްރިގޭޓް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ 30 މިނެޓުގައިވެސް ޓީމަކަށް ނަތީޖާއެއް ނެރެވޭގޮތް ވަނީ ނުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ ޕެނަލްޓީގައި ލިވަރޕޫލްގެ ދެ ޕެނަލްޓީއެއް ޕީއެސްޖީގެ ޑޮނަރުމާ ހިފަހަށްޓާފައިވާއިރު، ޕީއެސްޖީގެ ހުރިހާ ޕެނަލްޓީއެއް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
ރޭގެ ބައްޔާއެކު މިސީޒަނުގައި ބެލަންޑިއޯ ލިބޭނެކަމަށް އެންމެ ގިނަބަޔަކު ޤަބޫލުކުރަމުން ގެންދިޔަ ސަލާޙުގެ ހުވަފެނުގައި ވަނީ ހިޔަނި އެޅިފައެވެ. މިސީޒަނުގައި ސަލާޙުގެ ފަރާތުން މޮޅުކުޅުމެއް ފެނުނުނަމަވެސް ޔޫރަޕް ފުޓްބޯޅައިގެ އެންމެ ހައިބަތު ބޮޑު މިމުބާރާތުން މިހާ އަވަހަށް އަލްވަދާޢުކިޔަންޖެހިފައިވުމުން، މިއެވޯޑް އޭނާއަށް ހާސިލް ކުރުމަކީ އުނދަގޫކަމަކަށް ވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެންޕިއަން ޕީއެސްޖީ ބަލިވެއްޖެކުޅިވަރު | 22 ދުވަސް ކުރިންބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވަނީކުޅިވަރު | މަހެއް ކުރިންޓޮޓްނަމް، ސިޓީ އަދި ލިވަޕޫލުން އާސެނަލް އަށް އައުއަހަރުގެ ހަދިޔާދީފިކުޅިވަރު | މަހެއް ކުރިންޕީއެސްޖީއިން ފުރަތަމަ ފަހަރަށް ފީފާގެ މުބާރާތެއް ކާމިޔާބުކޮށްފިކުޅިވަރު | 2 މަސް ކުރިން