logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަސްލު މެޑްރިޑަކީ ކޮބައިކަން އެތްލެޓިކޯ މެޑްރިޑަށް ރެއާލް މެޑްރިޑުން ހަނދާންކޮށްދީފި

އަބްދުﷲ ޣާނިމް
13 މާރިޗު 2025 - 03:03
ޕެނަލްޓީގައި އެތްލެޓިކޯ ބަލިކޮށް ރެއާލް ވަނީ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި. ފޮޓޯ: ރެއާލް މެޑްރިޑް
ޕެނަލްޓީގައި އެތްލެޓިކޯ ބަލިކޮށް ރެއާލް ވަނީ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި. ފޮޓޯ: ރެއާލް މެޑްރިޑް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ޕެނަލްޓީ ޝޫޓްއައުޓުން ރެއާލް މެޑްރިޑުން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިދެޓީމު ފުރަތަމަ ލެގުގައި 2-1 އިން ރެއާލް މެޑްރިޑް މޮޅުވެފައި އޮތުމުން މިމެޗަށް ރެއާލް ނިކުތީ ކުއާޓަރ ފައިނަލަށް ދާނެކަމަށް އުއްމީދު ބޮޑުކޮށެވެ، ނަމަވެސް މެޗު ފަށައިގެން އެންމެ 27 ސިކުންތު ތެރޭގައި އެތްލެޓިކޯ މެޑްރިޑުން ވަނީ ގޯލު ޖަހައި އެގްރިގޭޓް 2-2 އަށް ބަދަލުކޮށްފައެވެ. މިެީ އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގަލަގަރ ޖަހައިދިން ގޯލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ70 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީގައި ވިނީޝިއަސް ޖޫނިޔަރ ފޮނުވާލި ޝޮޓު ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ 90 މިނެޓާއި އިތުރު ވަގުތު ނިމުނު އިރު ސްކޯރ ހުރީ 1-0 އިން އެތްލެޓިކޯ އޮތީ ކުރީގައެވެ. ނަމަވެސް އެގްރިގޭޓް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީއިންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ރެއާލް މެޑްރިޑުގެ އެމްބާޕޭ، ބެލިންގހަމް، ވަލްވާޑޭ އަދި ރުޑިގާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެތްލެޓިކޯގެ ފަރާތުން ސޯލޮތް އަދި ކޮރެއާ ޖެހި ޕެނަލްޓީ ކާމިޔާބުކުރިއެވެ. އަދި އަލްވަރޭޒްގެ ޕެނަލްޓީ ވީއާރުން ބަލައި ދެފަހަރު ބޯޅައިގައި ޖެހިފައިވާކަމަށް ވީއޭއާރު ބަލައި ރެފްރީން ވަނީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. ޕެނަލްޓީގައި ރެއާލް އިން ކުރިހޯދީ 2-4 އިންނެވެ.
ޗެންޕިއަންސް ލީގުގައި ރެއާލް ވަނީ 204 އަދި 2016 ގައި ފައިނަލުގައި އެތްލެޓިކޯ ބަލިކޮށް ތަށި ނަގާފައެވެ. އަދި 2017 ގައި ވެސް ރެއާލް ވަނީ އެތްލެޓިކޯ މުބާރާތުން ކަޓުވާލާފައެވެ. ޗެންޕިއަންސް ލީގުގައި އެތްލެޓިކޯ އަށް ކާމިޔާބު ލިބުމުގައި މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އެއް ސިޓީއަކަށް ނިސްބަތްވާ ރެއާލް މެޑްރިޑެވެ.

ރޭގެ މޮޅާއެކު ރެއާލް މެޑްރިޑު ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ރެއާލް މެޑްރިޑް ވާދަކުރަންޖެހޭނީ އާރސެނަލް އާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 3 ދުވަސް ކުރިންއެމްބާޕޭގެ ހެޓްރިކާއެކު މެޑްރިޑް އަށް ބޮޑު މޮޅެއްކުޅިވަރު | 13 ދުވަސް ކުރިންސިމިއޯނީ އެލަންސޯއަަށް ބޯޅަ ކުޅޭގޮތުގެ ފިލާވަޅެއް ނަގައިދީ ރެއާލް ލަދުގަންނަވާލައިފިކުޅިވަރު | 17 ދުވަސް ކުރިންއެމްބާއްޕޭގެ ޕަނޭންކާ ގޯލާއެކު ރެއާލް އަތުފަތު ނުޖެހި ކުރިޔަށްކުޅިވަރު | 20 ދުވަސް ކުރިން