ޕެނަލްޓީގެ ބާރުގައި ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލަށް

ޔުނައިޓެޑު ވަނީ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައި. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް

14 މާރިޗު 2025 - 03:44
މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ދެ ޕެނަލްޓީއާއެކު ހެޓްރިކެއް ހަދައި، ރިއަލް ސޮސިއެޑާޑް 4-1 އިން ބަލިކޮށް 5-2 އެގްރިގޭޓުން ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ސޮސިއެޑާޑްއެވެ. މެތިޖްސް ޑި ލިގްޓް ވަނީ މިކެލް އޯޔަޒަބަލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ އޯޔަޒަބަލްއެވެ.ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާޏްޑޭޒް ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ޔުނައިޓެޑް އަށް ލިބުނު ދެވަނަ ޕެނަލްޓީވެސް ފެނާންޑޭޒް ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ސޮސައިޑޭޑްގެ އަރަމްބުރު ޔުނައިޓެޑުގެ ޑޯރގޫ އަށް ކުރިފައުލަކާއި ގުޅިގެން ވަނީ ރަތްކާޑުދަށްކައި ދަނޑުން ފޮނުވާލާފައެވެ. 87 ވަނަ މިނެޓްގައި އަލެހާންޑްރޯ ގަނާޗޯގެ ޕާހަކުން ބްރޫނޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު މެޗުގެ އިތުރު ވަގުތުގައި ޑަލޯޓް ވަނީ ގޯލުޖަހައިފައެވެ.
ރޭގެ މެޗުގައި ފެނާންޑޭޒް ވަނީ 2020 ގައި މާކަސް ރެޝްފޯޑްގެ ފަހުން ޔޫރަޕިއަން މެޗެއްގައި ހެޓްރިކް ހޯދި ފުރަތަމަ ޔުނައިޓެޑް ކުޅުންތެރިޔާގެ މަޤާމް ހޯދާފއެވެ. ޔޫރޮޕާ ލީގުގައި މިހާތަނަށް 24 ގޯލާއި 17 އެސިސްޓް ހޯދާފައިވާ ބްރޫނޯ ވަނީ މުޅި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލާއި އެސިސްޓް (41) ހޯދި ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ހަދާފައެވެމިމުބާރާތުގެ ކުއާޓަރ ފައިނަލްގައި ޔުނައިޓެޑް ބައްދަލުކުރާނީ ފްރާންސްގެ ލިޔޯން އާއެވެ.
އިތުރު ލިޔުންތައް

ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުންވެސް އެއްވަރުވެއްޖެ.
5 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑް އަށް ކުރިއެރުމެއްނެތް.
5 މަސް ކުރިން
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެންހާގް ވަކިކޮށްފި.
5 މަސް ކުރިން