logo
Bank of Maldives

Bank of Maldives

ޚަބަރު

މައިންބަފައިން ސިޔާސީ މަސައްކަތުގައި އުޅޭތީ ދަރިންނާ ދިމާކޮށް ފުރައްސާރަކޮށްގެން ނުވާނެ: މުބީން

މުހައްމަދު މޫސާމުހައްމަދު މޫސާ
14 މާރިޗު 2025 - 17:27
މައިންބަފައިން ސިޔާސީ މަސައްކަތުގައި އުޅޭތީ ދަރިންނަށް ފުރައްސާރަކޮށްގެން ނުވާނެ: މުބީން

މައިންބަފައިން ސިޔާސީ މަސައްކަތުގައި އުޅުމަކީ އެމީހުންގެ ދަރިންނާ ދިމާކޮށް ފުރައްސާރަކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުބީން ވިދާޅުވީ، "މައިންބަފައިން ސިޔާސީ މަސައްކަތުގައި އުޅުމަކީ ދަރިންނާ ދިމާކޮށް ފުރައްސާރަކުރަންޖެހޭ ކަމެއް ނޫން. އެބައިމީހުންނަކީ އަބަދުވެސް އިންސާނީ ކަރާމާތަށް އަރައިގަންނަ، ނާތަހުޒީބު، އަނިޔާވެރި ބައެއް" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މުބީން މިހެން ވިދާޅުވެފައި މި ވަނީ އިދިކޮޅު އެމްޑީޕީން ހިންގަމުންދާ މުޒާހަރާއެއްގައި ބައިވެރިއަކު ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދައްކައި، އެ، އެ ކުއްޖާގެ އަބުރަށް ގެއްލުން ދިނުމާ ގުޅިގެންނެވެ. މި ޢަމަލު ވަނީ މިނިވަން ކޮމިޝަންތަކާއި، ޖެންޑަރ މިނިސްޓްރީ އަދި ސަރުކާރުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން ކުށްވެރިކޮށްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ދެނެގަނެވޭނެ ފަދަ މަޢުލޫމާތާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މަޢުލޫމާތު އާންމުނުކުރުމަށް އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 4 ދުވަސް ކުރިންހެއްކާއެކު މުބީންގެ ރައްދު: ދައުރުވަމުންދާ ނޫޓުތަކަކީ އިގްތިސާދަށް ފައިސާ އިތުރުކުރުން ކަމުގައި ނުބެލެވޭނެޚަބަރު | މަހެއް ކުރިންރީޖަނަލް އެއާޕޯޓްސްއިން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރުދިނުމަށް، އައުޓާމިނަލަށް ދެކުމާގޮސްފި ޚަބަރު | 2 މަސް ކުރިންއެމްޑީޕީން ގޯތި ދިނުމުގެ ނަމުގައި ރައްޔިތުންނަށް ކުރީ ފުރައްސާރައެއް: މުބީންޚަބަރު | 2 މަސް ކުރިން