logoEN
ޚަބަރު

ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ ކަމެއް- ނައިބު ރައީސް

ހުސައިން ވަސީމްހުސައިން ވަސީމް

15 މާރިޗު 2025 - 08:21

ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ ކަމެއް ކަމަށާ އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެންމެން ގުޅިގެން މަސައްކަތް ކުރާންވީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށް ކަމަށެވެ.

މުޖުތަމައުގެ ކަރާމާތް ހިފެހެއްޓުމަކީ ދުޅަހެޔޮ އަދި ކުރިއަރާފައިވާ ޤައުމެއް ބިނާކުރުމުގެ އަސާސް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް މިހެންވިދާޅުވެފައިމިވަނީ އެމްޑީޕީން މާލޭގައި ބޭއްވި މުޒަހަރާގައި އެޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

އިދިކޮޅު އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ޙައްގުތަކަށް އުނިކަން އަންނަ ގޮތަކަށް އެކްޓިވިސްޓަކު ދެއްކި ވާހަކަތަކާއި ގުޅިގެން ވަޒީރުންނާއި އަންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު ދެއްކި ވާހަކަތައް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް

871x217_placeholder