logoEN
ޚަބަރު

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސްފަނޑިޔާރު ޙުސައިން ޝަހީދު ކުރިމަތިލައްވައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

15 މާރިޗު 2025 - 13:16

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލުމުން އެ މަޤާމަށް ހައި ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ކުރިމަތިލައްވައިފިއެވެ.ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިއަދު ހެނދުނު 10:00އަށް ވަނީ ހަމަވެފައެވެ. ސުންގަޑި ހަމަވީއިރު މި މަޤާމަށް ކުރިމަތިލައިފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލައިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެ އިއުލާނުގެ މުއްދަތު ހަމަވީއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވުމުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ވަނީ ހުޅުވާލައިފައެވެ. އެއީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއް ސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ފުރަތަމަ ފަހަރަށް ހުޅުވާލި ފުރުޞަތުގައި މި މަޤާމަށް ކުރިމަތިލާފައިވަނީ މަރްޔަމް ނިހާޔަތު އެކަނިއެވެ. ނިހާޔަތު މީގެ ކުރިންވަނީ ސިވިލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އަދި އޭގެފަހުން ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder