logo
E-Platinum
ކުޅިވަރު

ހަތަރު ރަށެއްގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

އަބްދުﷲ ޣާނިމް
15 މާރިޗު 2025 - 13:17
އާރުޑީސީ އާއި ކުލުވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާދެމެދު  އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އާރުޑީސީ އާއި ކުލުވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ހަތަރު ރަށެއްގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ވަނީ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ ދަށުން އދ. ހަންޏާމީދޫ އާއި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ކ. ކާށިދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހޯދުމުގެ މަސައްކަތްވެސް މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ކުޅިވަރުގެ މަޝްރޫޢުތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާތާ މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ފެށުމަށް ހަވާލުކުރެވިފައިވުމެވެ.މި މަޝްރޫޢުތަކުގެ ސަބަބުން އެކި ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރުކުޅުމުގެ ފުރުސަތުތައް އިތުރުވެ، ކުޅިވަރުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީ އަށްޚަބަރު | 4 މަސް ކުރިން19 ރަށެއްގެ ސުކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަނީ ޚަބަރު | 4 މަސް ކުރިންހަތަރު ރަށެއްގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފިކުޅިވަރު | 4 މަސް ކުރިންދ.އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އާރުޑީސީއަށް ޚަބަރު | 5 މަސް ކުރިން