ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސްގެ ދެ ބޯޓު ފައްތައިފި


15 މާރިޗު 2025 - 17:27
ކ. ކުޑަގިރީ ފަޅުގައި "އެއާޕްލޭން ރެކް" އަކާއެކު ތަރައްގީކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ ބޯޓު ފައްތާލައިފި އެވެ.
މި މަޝްރޫއު ހިންގަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) ގުޅިގެނެވެ.
މި ރެކަށް "ދޫނިއާ ރެކް" ކިޔުމަށް ވަނީ ނިންމައިފަ އެވެ. މި ސައިޓު ރަމްޒުކޮށްދޭނީ ރާއްޖޭގެ އޭވިއޭޝަން ތާރީހު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ކުޑަގިރިއަކީ ކުރީގެ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ގޮސް ހަދާނެ ރަށެއް ގޮތަށް ތަރައްގީކޮށްފައިވާ ރަށެކެވެ.
--
އެޗްޑީސީން ބުނީ އެ މަޝްރޫޢު ރަމްޒުކޮށްދެނީ ރާއްޖޭގެ ފަތުރުވެރިކަމަށް އުޖާލާ މުސްތަގުބަލެއް ގާއިމުކުރުމަށް ޓަކައި ތިން ކުންފުނީގެ ދެމެދުގައި އޮތް އަހައްމިއްޔަތު ކަން ކަމަށެވެ.
މިސައިޓު ހުޅުވުމަށް ކުރިއަށްދިޔަ އިވެންޓުގައި ފަތުރުވެރިކަމާއި، ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި އުރީދޫ މޯލްޑިވްސްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް، ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުންދަނީ ކުރަމުންނެވެ. މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
އިތުރު ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކިޔޮކްސްކް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
7 މަސް ކުރިން
ހުޅުމާާލޭގައި ޕާކިންއަށް ޚާއްސަ 12 ޢިމާރަތެއް އަޅަނީ
7 މަސް ކުރިން.jpg&w=3840&q=75)
ހުޅުމާލޭގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ
7 މަސް ކުރިން