logo
Bank of Maldives

Bank of Maldives

ޚަބަރު

75 ރަށެއްގައި ކުނި މެނޭގުކުރާ މަރުކަޒުތަކުގެ މަސައްކަތް ކުރުމަށް ސޮއިކޮށްފި

75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުން -- ފޮޓޯ: ވުޒާރާ
75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުން -- ފޮޓޯ: ވުޒާރާ

75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލުކޮށްފިއެވެ.

އެ ވުޒާރާއިން ކުރިއަށް ގެންދާ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ރޭ ވަނީ އެމްޓީސީސީ، ފެނަކަ، އަދި އާރްޑީސީއާއި އެކު ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެމްޓީސީއަށް ހަވާލުކުރެވުނީ 26 ރަށެއްގައި، އެރަށެއްގައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. ފެނަކައަށް ހަވާލުކުރެވުނީ ތިން ރަށެއްގައި މުޅިން އަލަށް ކުންޏާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތާއި، 22 ރަށެއްގައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. އަދި އާރްޑީސީއަށް ހަވާލުކުރެވުނީ 19 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކޮށް، 5 ރަށެއްގައި މުޅިން އަލަށް ކުންޏާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠޯރިޤް އިބްރާހިމް ވިދާޅުވީ، ރަށްކާތެރި ގޮތުގައި ހުރިހާ ރަށެއްގައި ވެސް ކުނި މެނޭގުކުރުމުގެ ނިޒާމު ގާއިމުކުރެވެއްޖެނަމަ، މިހާރު ރާއްޖޭގައި ކުރިއަރާފައިވާ ލޯކަލް ޓޫރިޒަމްގެ މަސައްކަތައްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ކުރާ އެކިކަހަލަ މަސައްކަތްތަކަށް ވެސް ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިއީ އެހާ މުހިންމު މަސައްކަތެެއް. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ އެންމެ ބޮޑު، އެންމެ މުހިންމު މަސައްކަތް މިއީ. ރާއްޖޭގެ ރަށްރަށުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ-ވަޒީރު ޠޯރިޤް އިބްރާހިމް

މި ފަހުން ވުޒާރާއިން ވަނީ ވެމްކޯއަށް ވެސް 34 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. މިއާއެކު ޖުމްލަ 109 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތާއި، އެތަންތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަޞީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ.

ވުޒާރާއިން ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި އަމާޒަށް ވާސިލުވުމަށްޓަކައި، 128 ރަށެއްގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ނުވަތަ އަޕްގްރޭޑް ކުރަންޖެހޭ ކަމަށް އެ ވުޒާރާގެ އެސެސްމެންޓްތަކުން ދައްކައެވެ.

ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމުތައް މުޅި ރާއްޖޭގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މަސައްކަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: 7 އަތޮޅަކަށް ހައިވަކަރު ގަސް ބަހަނީޚަބަރު | 14 ދުވަސް ކުރިންގދ. އަތޮޅުގައި ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ހިއްސާކޮށްފި ޚަބަރު | 20 ދުވަސް ކުރިންވަންދޫގައި ޤާއިމްކުރާ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ މަރުކަޒު 10 މަސްދުވަހުން ނިންމަނީ ޚަބަރު | 4 މަސް ކުރިންކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދެނީޚަބަރު | 5 މަސް ކުރިން