logo
Bank of Maldives

Bank of Maldives

ޚަބަރު

ވަންދޫގައި ޤާއިމްކުރާ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ މަރުކަޒު 10 މަސްދުވަހުން ނިންމަނީ

އާމިނަތު ޝަފާ
11 މޭ 2025 - 10:13
ވަންދޫގައި ޤާއިމްކުރާ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ މަރުކަޒު 10 މަސްދުވަހުން ނިންމަނީ

ރ. ވަންދޫގައި ޤާއިމްކުރާ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ މަރުކަޒު 10 މަސްދުވަހުން ނިންމަން މަސައްކަތްފަށައިފިއެވެ.

ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖުކުރުމަށް ވަސީލަތްތައް ގާއިމުކުރެވިފައިނުވާތީ، ނުރައްކާތެރި ކެމިކަލް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިލާން ޖެހިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މިގޮތުން މިކަމަށް ހައްލުހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުޒާރާއިން ބުނީ މިގޮތުން 2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން "އެލިމިނޭޓިން ޕަރސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ވަނީ ފަށާފައެވެ. މިމަޝްރޫއުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް އަދި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމާއި ކުންޔާއި ކެމިކަލް މެނޭޖުރުމަށް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މި ނިޒާމެގެ ތެރެއިން ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނި ރައްކާކުރުމަށް މަރުކަޒެއް ޤާއިމްކުރުމަށް ވަނީ ރާވާފައެވެ.

މިއަދު ސޮއިކުރެވުނު ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީ ފުރިހަމަ ކުރެވުމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ތިމާވެއްޓާ ރައްޓެހި ގޮތުގައި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން މި ފެސިލިޓީގައި ރައްކާކުރެވޭނެއެވެ. މިގޮތުން މުއްދަތު ހަމަވާ ކެމިކަލްގެ ބާވަތްތައް، އީ-ވޭސްޓް،  ފަތުރުވެރިކަން އަދި އިމާރާއްކުރުން ފަދަ ސިނާއަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އަދި ކެމިކަލްތައް ތިމާވެއްޓާއި ރައްޓެހި އުސޫލުން ރައްކާކުރުމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މި ފެސިލިޓީ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ރ. ވަންދޫގައި ގާއިމުކޮށްފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި 10 މަސްދުވަހުގެ ތެރޭގައި  މަސައްކަތް ނިންމުމަށެވެ. މިމަސައްކަތުގެ އަގަކި 18.5 މިލިއަން ރުފިޔާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: 7 އަތޮޅަކަށް ހައިވަކަރު ގަސް ބަހަނީޚަބަރު | 14 ދުވަސް ކުރިންގދ. އަތޮޅުގައި ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ހިއްސާކޮށްފި ޚަބަރު | 21 ދުވަސް ކުރިންވަންދޫގައި ޤާއިމްކުރާ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ މަރުކަޒު 10 މަސްދުވަހުން ނިންމަނީ ޚަބަރު | 4 މަސް ކުރިންކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދެނީޚަބަރު | 5 މަސް ކުރިން