logoEN
ޚަބަރު

އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފިއެވެ.

މި އެއްބަސް ވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކޮށްފައި ވަނީ އާރުޑީސީގެ އެމްޑީ ބިރިގޭޑިޔާ ގެނެރަލް ރިޓަޔާޑް އަލީ ޒުހައިރުއެވެ.

މި މިސްކިތުގައި ޤުރުއާން ކިޔަވައިދެވޭނެ ކްލާސް ރޫމް އަކާއި ފޮތް ކިޔަން ތިބެވޭނެ ކުޑަ ލައިބްރެރީ އެއް ހިމެނޭނެއެވެ. އަދި އެ ވުޒާރާގެ އަމާޒަކީ މި ޤުރްއާން ކްލާސްތަކަކީ ޤައުމީ މަރުކަޒުގެ ދަށުން ހިގާނެ ތަނެއް ގޮތުގައި މުސްތަޤުބަލުގައި ހަމަޖެއްސުމެވެ.

އަދި އެ ރަށެއްގައި ޤުރްއާން ކިޔަވާދެވޭނެ ގޮތެއް ނެއް ރަށެއް ނަމަ ރާއްޖެއިން ބޭރުންވެސް މުދައްރިސުން ގެނެސް އެ ރަށެއްގައި ކިޔަވާދޭނެ ކަމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އަހަރުގެ މިހާތަނައް 7 ރަށަކަށް ބޭރުން މުދައްރިސުން ގެނެސްފައިވެއެވެ.

" ހުރިހާ ރަށަކަށް ވެސް އޮންނާނީ އުފާވެރިކަމުގެ ހަބަރު. މިހިސާބަކުން މިކަން ނިމުނީކީ އެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ރަށްރަށުގައި ހުރި ދަތިތައް ހައްލު ކުރެވިގެން ދިޔުން .

މި މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. އއ. މާޅުހެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަސައްކަތް އާރްޑީސީން ނިންމަންޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުން ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވަނީ މިފަހުން ވިދާޅުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން ކުރަން ވަޢުދުވެލައްވާފައިވާ ގިނަ ކަންކަން ވުޒާރާއިން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އޭގެ ތެރޭގައި ވަޤުފް އިމާރާތްތަކުގެ މަސައްކަތާއި، ޒުވާން ޙަޠީބުންގެ މަޝްރޫޢުއާއި، ޒުވާން ޙާފިޡުން އުފެއްދުމާއި ޙާފިޡުންނަށް ފުރުސަތު ފަހިކޮށްދިނުން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

871x217_placeholder