ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އިމާދު އިސްތިއުފާދެއްވައިފި

17 މާރިޗު 2025 - 05:54
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އަަޙްމަދު އިމާދު އިސްތިއުފާދެއްވައިފިއެވެ.
އިމާދު އިސްތިއުފާ ދެއްވާފައި މި ވަނީ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އޭނާ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެމައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މެމްބަރު ޢަބްދުއްލަޠީފް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަނެ، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.ޑެޕިއުޓީ ގަވަރުނަރުކަމުން އިމާދު ވަކިކުރަން ހުށަހަޅާފައިވާއިރު، ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި ޢަލީ ހާޝިމު މިދިޔަ އަހަރު ޖުލައި މަހު ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ޑެޕިއުޓީ ޤަވަރުނަރުގައި ކަމުގެ މަޤާމަށް އަޙްމަދު އިމާދު އައްޔަންކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އިތުރު ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ
8 މަސް ކުރިން
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ
7 މަސް ކުރިން
ބޭންކުން އެންމެ ގިނަ ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް: އެމްއެމްއޭ
7 މަސް ކުރިން