logo
Bank of Maldives

Bank of Maldives

ޚަބަރު

މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮޖެހުން މެޑަމް ސާޖިދާ ކުށްވެރިކުރައްވައިފި

ހުސައިން ވަސީމް
17 މާރިޗު 2025 - 08:31
މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮޖެހުން  މެޑަމް ސާޖިދާ ކުށްވެރިކުރައްވައިފި

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންޑީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މަންޑީ ގަޔަނަށް ކަޅުތެޔޮ ޖަހާފައި ވަނީ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމާފައި އޭނާ ގެޔަށް ދިޔަ މަގުމަތީގަ އެވެ. ކަޅު ތެޔޮ ޖެހި މީހުން ތިބީ ހެލްމެޓު އަޅައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަންދީ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލަ މެޑަމް ސާޖިދާ ވަނީ ކުށްވެރި ކުރައްވާފަ އެވެ.

މިކަމާއި ގުޅިގެން އެކްސްގައި މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހަކަށް މިގޮތަށް ހަމަލާ ދިނުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ. މިވަގުތު ކަންކަން ހަލަބޮލި ނުކޮށް އިންޞާފު ޤާއިމުކުރުމަށް ޖާގަ ދިނުމާށްވެސް ސާޖިދާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މަންދީ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ހަގީގަތާ ހިލާފުވާހަކަތަކެއް އޭނާ ދައްކާފައި ވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ އެމްޑީޕީގެ މުޒާހަރާގައި ވާހަކަ ދެއްކިމައްސަލާގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޕާޓީގެ އިސް އެކްޓިވިސްޓު އަދި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބެއިރު (މަންދީ)ގެ އިތުރުން އެމޤޑީޕީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމާފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޚުލާޤު ރަނގަޅު ޖީލެއް އުފެއްދުމަކީ, ޤައުމަށް ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް: ފަސްޓް ލޭޑީޚަބަރު | 5 ގަޑިއިރު ކުރިންއެމްޑީޕީގެ ބޭއްވި ޕެނަލް ޑިސްކަޝަންގައި މަސްތުގެ ހާލުގައި އިން މީހެއް ބައިވެެރިކުރުމުން ފާޑުކިޔުންޚަބަރު | 2 ދުވަސް ކުރިންއެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި ޚަބަރު | 7 ދުވަސް ކުރިންޚަރަދުކުޑަކޮށް އެތައް މަޝްރޫޢެއް ހިންގާތީ އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން: ސިނާންޚަބަރު | 7 ދުވަސް ކުރިން