logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ތާވަލުގެ އެއްވަނައަށް ބާސާއަރައިފި

އަބްދުﷲ ޣާނިމް
17 މާރިޗު 2025 - 09:51
ރޭގެ މެޗުގައި ފެރާން ވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރާ 2 ގޯލު ޖަހާފައި. ފޮޓޯ: ބާސެލޯނާ
ރޭގެ މެޗުގައި ފެރާން ވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރާ 2 ގޯލު ޖަހާފައި. ފޮޓޯ: ބާސެލޯނާ

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ބަލިކޮށް ބާސެލޯނާ ލީގު ތާވަލުގެ އެއްވަނަ އަރައިފިއެވެ. މިއީ އެތްލެޓިކޯ ގެ ކޯޗު ސިމިއޯނީ އެކުލަބާއި މީގެ 17 އަހަރުފަހުން ހަވާލުވިފަހުން ލީގުގައި 2 ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް އެޓީމު ބަލިވި ފުރަތަމަ މެޗެވެ.

މި މޮޅުވުމާއެކު ބާސެލޯނާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން 60 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށްވެސް 60 ޕޮއިންޓް ލިބިފައިވީ ނަމަވެސް، އެއް މެޗު އިތުރަށް ކުޅެ، ހެޓް-ޓު-ހެޑް ގެ ތަފާތުން ބާސެލޯނާއަށް ވަނީ ކުރިލިބިފައެވެ. އެތްލެޓިކޯ މެޑްރިޑް އޮތީ 56 ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ހޫލިއަން އަލްވަރޭޒް އެތްލެޓިކޯއަށް ލީޑު ނަގައިދިނެވެ. އަދި 70 ވަނަ މިނިޓުގައި އެލެކްޒެންޑަރ ސޯލޮތް އިތުރު ލަނޑެއް ޖަހައި ލީޑު 2-0 އަށް ބޮޑުކުރިއެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން ރޮބަޓް ލެވަންޑޯސްކީ ލަނޑެއް ޖެހުމާއެކު ބާސެލޯނާގެ އުއްމީދު އާވިއެވެ. އަދި އޭގެ ހަ މިނިޓު ފަހުން ފެރާން ޓޮރޭޒް މެޗު އެއްވަރުކުރިއެވެ. އިތުރު ވަގުތުގައި ލަމީން ޔަމާލް އާއި ފެރާން ޓޮރޭޒް ޖެހި ދެ ލަނޑާއެކު ބާސެލޯނާއިން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފައެވެ.

ރޭގެ މޮޅަކީ ބާސެލޯނާއަށް ވަރަށް މުހިންމު މޮޅެކެވެ. އެތްލެޓިކޯ މެޑްރިޑް މިދިޔަ ހަފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވަކިވެފައިވާއިރު، ބާސެލޯނާއަށް ރޭގެ މޮޅާއެކު ލީގު ތާވަލުގެ އެއްވަނައަށް އަރައި، ލީގު ޗެމްޕިއަންކަމަށް އޮތް އުއްމީދު އިތުރުވެގެން ގޮސްފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާގެ ރައީސްކަމަށް ކުރިމަތިލާން ތިބި ކެންޑިޑޭޓުން ލަޕޯޓާއާ ދެކޮޅަށް އެއްބައިވެއްޖެކުޅިވަރު | 19 ގަޑިއިރު ކުރިންސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 3 ދުވަސް ކުރިންބާސެލޯނާއިން 3 އަހަރު ކުރިން ގަތް ކުޅުންތެރިންގެ ފައިސާގެ ގޮތުގައި 159 މިލިއަން ޔޫރޯ ދައްކަން އަދިވެސް އެބައޮތްކުޅިވަރު | 5 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ނުރުހުމާއެކުވެސް، ބާސާގެ ލީގު މެޗު މެސީގެ މަޔާމީ ސިޓީގައި ކުޅޭގޮތަށް ނިންމައިފިކުޅިވަރު | 8 ދުވަސް ކުރިން