logoEN
ކުޅިވަރު

ލެސްޓަރސިޓީ ބަލިކޮށް ޔުނައިޓެޑްގެ ސަޕޯޓަރުންގެ އުއްމީދުތައް އާކޮށްދީފި

މިމެޗުގައި ޔުނައިޓެޑްގެ ރަސްމުސް ހޮއިލަންޑު ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޔުނައިޓެޑް

މިމެޗުގައި ޔުނައިޓެޑްގެ ރަސްމުސް ހޮއިލަންޑު ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޔުނައިޓެޑް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

17 މާރިޗު 2025 - 09:59

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓަރ ސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައިލެސްޓަރ ސިޓީ 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިކޮށްފިއެވެ.މި މޮޅުވުމާއެކު ޔުނައިޓެޑަށް ވަނީ ލީގު ތާވަލުގެ 13 ވަނަ މަގާމު ހޯދައި، 37 ޕޮއިންޓް އެއްކުރެވިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނިޓުގައި ޖަހާފައިވަނީ ޔުނައިޓެޑްގެ ރަސްމުސް ހޮއިލަންޑެވެ. މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ އަލެހަންދްރޯ ގަރްނާޗޯ ވަނީ 67 ވަނަ މިނިޓުގައި ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑުގެ އެސިސްޓް ދިނީ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒެވެ. އަދި ފެނާންޑޭޒް ވަނީ މެޗުގެ ފަހު މިނިޓުތަކުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުން ލެސްޓަރ ސިޓީ ބަލިވުމާއެކު، އެ ޓީމު ވަނީ ޕްރިމިއަރ ލީގު ތާރީހުގައި އަމިއްލަ ދަނޑުގައި ލަނޑެއް ނުޖަހައި ޖެހިޖެހިގެން ހަތް މެޗުން ބަލިވި ފުރަތަމަ ޓީމަށް ވެފައެވެ. މި ވަގުތު ލެސްޓަރ ސިޓީ އޮތީ 17 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގެ 19 ވަނަ މަގާމުގައެވެ.

މި މޮޅުވުމާއެކު ޔުނައިޓެޑްގެ ސަޕޯޓަރުންގެ އުއްމީދުތައް އާވެ، ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމުގެ ފުރުސަތު އިތުރުވެގެން ގޮސްފައިވެއެވެ. އަދި މި ސީޒަންގެ ބާކީ އޮތް މެޗުތަކުގައި މިފަދަ ރަނގަޅު ކުޅުމެއް ދައްކައިފިނަމަ، ޓީމަށް އިތުރު ކުރިއެރުންތަކެއް ހޯދޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވެއެވެ.

ކޮމެންޓް

871x217_placeholder