logo
ޚަބަރު

ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މާރިޗު 2025 - 12:40
ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެންފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މިއަހަރުގެ "ރައިސީނާ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާޙުކުރައްވާ ރައިސިނާ ޑަޔަލޮގްގެ 10 ވަނަ އެޑިޝަން މިމަހުގެ 17 އިން 19 އަށް އިންޑިއާގައި ކުރިއަށްދާނެއެވެ. މި އަހަރުގެ ރައިސިނާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މި ޑަޔަލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް" ގެ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ޚަލީލް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޕެނަލްގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމުގެ މައްޗަށް ވަޒީރު އަލިއަޅުވާލައްވާނެކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

މީގެއިތުރުން، ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައިސީނާ ޑައިލޮގްއަށް ވަޑައިގަންނަވާ އެހެނިހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސްވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ބައިނަލްއަޤްވާމީ މުހިންމު މައުޟޫތަކާ ގުޅޭގޮތުން މަޝްވަރާކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިލިޕީންސް އަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފިޚަބަރު | 19 ދުވަސް ކުރިންލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިޚަބަރު | މަހެއް ކުރިން އިސްލާމީ ގައުމުތަކުގެ މުހިންމު މައްސަލަތަކާއި މެދު މަޝްވަރާކުރާ، އޯއައިސީގެ ބައްދަލުވުމުގައި ހާއިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި ޚަބަރު | 3 މަސް ކުރިން