logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ގައުމުތަކުގެ މުހިންމު މައްސަލަތަކާއި މެދު މަޝްވަރާކުރާ، އޯއައިސީގެ ބައްދަލުވުމުގައި ހާއިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

ޝަހްޒާ މުހައްމަދު
21 ޖޫން 2025 - 11:50
 އިސްލާމީ ގައުމުތަކުގެ  މުހިންމު މައްސަލަތަކާއި މެދު މަޝްވަރާކުރާ، އޯއައިސީގެ ބައްދަލުވުމުގައި ހާއިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ތުރުކިޔޭގެ އިސްތަންބުލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމުޢިއްޔާގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވާ މި ބައްދަލުވުމުގައި، އޯ.އައި.ސީ.ގެ ގިނަ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ. މިއަހަރުގެ ސެޝަންގެ ޗެއަރގެ މަގާމާ ތުރުކިޔޭގެ ފޮރިން މިނިސްޓަރ، ހަކަން ފިދާން ހަވާލުވެވަޑައިގަންނަވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ޑރ. ޚަލީލް ދެއްވާ ތަޤްރީރުގައި، އިސްރާއީލުން ޣައްޒާ އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރައްވައި، އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށާއި، އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށް ގޮވާލައްވާނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ފަލަސްޠީނު މައްސަލައާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ ސިޔާސަތު ހާމަކުރައްވައި، ފަލަސްޠީން މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަށް މަސައްކަތްކުރުމަށް އޯ.އައި.ސީ.ގެ މެމްބަރު ޤައުމުތަކަށް އިލްތިމާސްކުރައްވާނެކަމަށްވެސް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

އޯ.އައި.ސީ.އަކީ ދެގޮތެއްނުވެ ފަލަސްޠީނުގެ ހައްޤުގައި އަދި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ވަކާލާތުކުރަމުންދާ، 57 މެމްބަރު ޤައުމު ހިމެނޭ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އައި.ސީ.ގެ މެމްބަރަކަށްވެފައިވަނީ 1976 އެވެ.

އޯ.އައި.ސީ. ބައްދަލުވުންތަކުގެ އިތުރުން ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ރާއްޖެއިން އަބަދުވެސް އަންނަނީ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ ދުބާއީ އަށްޚަބަރު | 2 ދުވަސް ކުރިންޔޫ.އެން.އޯ.ޑީ.ސީގެ ރީޖަނަލް ރެޕްރެޒެންޓޭޓިވް, ފޮރިން މިނިސްޓަރ ބައްދަލުކުރައްވައިފިޚަބަރު | 9 ދުވަސް ކުރިންސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިޚަބަރު | 25 ދުވަސް ކުރިންގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | މަހެއް ކުރިން