logoEN
ޚަބަރު

ބިންވެރިޔާ ސްކީމުގެ މައްސަލަތައް އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

17 މާރިޗު 2025 - 14:32

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން އޮޑިޓެއް ހަދައި، އެއިން ފާހަގަވި މައްސަލަތައް ބަލައިދިނުމަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމުގެ ހުއްދައަށް އެދެމުން އަންނައިރު، އެއް ބިމެއްގައި އިމާރާތްކުރުމަށް އެކަކަށްވުރެ ގިނަ ބަޔަކު އެދޭ މައްސަލަތައް ފާހަގަކުރެވިފައިވެއެވެ.

"މިކަން އެޗްޑީސީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އިތުރަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުން " އެޗްޑީސީން ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ޚާއްޞަ އޮޑިޓެއް ވަނީ ހަދާފައެވެ. މި އޮޑިޓުން އެ ސްކީމާ ގުޅޭ އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މި މައްސަލަތައް އިތުރަށް ތަޙްޤީޤުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ކުރިމަގުގައިވެސް މިފަދަ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށާއި، އަބަދުވެސް ބަލާނީ އެޗްޑީސީން ދޭ ޚިދުމަތްތައް ނަޒާހަތްތެރިކަމާއެކު ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮމެންޓް

871x217_placeholder