logo
E-Platinum
ޚަބަރު

ސްކޭމުގެ މައްސަލަތަކަށް ހައްލުހޯދަން ޚާއްސަ ސެންޓަރެއް ގާއިމުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މާރިޗު 2025 - 02:40
 ސްކޭމުގެ މައްސަލަތަކަށް ހައްލުހޯދަން ޚާއްސަ ސެންޓަރެއް ގާއިމުކޮށްފި

ރާއްޖޭގައި އިތުރުވަމުންދާ ސްކޭމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ "އެންޓި ސްކޭމް ސެންޓަރެއް" ގާއިމްކޮށްފިއެވެ.

މި ސެންޓަރުގެ މަޤްޞަދަކީ ސްކޭމުގެ މައްސަލަތައް ރިޕޯޓުކުރުމާއި، އެފަދަ މައްސަލަތަކަށް އަވަސް ފިޔަވަޅު އެޅުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ޚިދުމަތުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އައު ނިޒާމުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމުގެ މައްސަލަތަކާ ގުޅޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ މި އެންޓި ސްކޭމް ސެންޓަރުންނެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ސެންޓަރަށް މައްސަލަ ރިޕޯޓުކުރާ ވަގުތުން ފެށިގެން، މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށް ގެންދާނެއެވެ.

ސްކޭމުގެ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މިގޮތުން، ނެޝަނަލް އެމަޖެންސީ ނަންބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން، އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރެވޭނެއެވެ.

 

 

ނަމަވެސް، މިހާރެކޭވެސް އެއްފަދައިން މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމުގެ މައްސަލަތައް ހައްލުކޮށް ހުއްޓުވުމަށްޓަކައި، އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކޮށް، އެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މި އައު ސެންޓަރު ޤާއިމްކުރުމަކީ، ރާއްޖޭގައި އިތުރުވަމުންދާ ސްކޭމުގެ މައްސަލަތަކަށް ހަރުދަނާ ހައްލެއް ހޯދުމަށް ފުލުހުންގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | 2 މަސް ކުރިންހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 4 މަސް ކުރިން ސްކޭމުގެ މައްސަލަތަކަށް ހައްލުހޯދަން ޚާއްސަ ސެންޓަރެއް ގާއިމުކޮށްފިޚަބަރު | 4 މަސް ކުރިން